މިދިޔަ މަހު ރާއްޖެއަށް މުދާ އިމްޕޯޓު ކުރި މިންވަރައި ދައުލަތަށް ލިބުނު އާމްދަނީ ދަށްވެއްޖެ އެވެ.
ކަސްޓަމްސްއިން އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ މަހު އިމްޕޯޓުކޮށްފައިވަނީ3.8 ބިލިއަން ރުފިޔާގެ މުދަލެވެ. އޭގެ ކުރީ އަހަރުގެ އެ މުއްދަތުގައި ހަތަރު ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވެ އެވެ.
އިމްޕޯޓު ކުރި މުދަލުގެ އިތުރުން ދައުލަތަށް އިމްޕޯޓު އެކްސްޕޯޓުގެ ޑިއުޓީން ލިބުނު އާމްދަނީވެސް ދަށްވެފަ އެވެ. މިދިޔަ މަހު އިމްޕޯޓު ޑީއުޓީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ272 މިލިއަން ރުފިޔާ އެވެ.2019 ވަނަ އަހަރުގެ ޖެނުއަރީ މަހު303 މިލިއަން ރިފިޔާ ލިބިފައިވެ އެވެ.
އެކަމަކު މިދިޔަ މަހު އެކްސްޕޯޓު ކުރި މިންވަރު ވަނީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާއި އަޅާ ބަލާއިރު އިތުރުވެފަ އެވެ.2019 ވަނަ އަހަރު 347 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކުރި އިރު މިއަހަރުގެ އެ މުއްދަތުގައި420 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓު ކޮށްފައިވެ އެވެ.
މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނަ މުދާ އެތެރެކޮށްފައިވަނީ ޔޫއޭއީ، ޗައިނާ، އިންޑިއާ މެލޭޝިއާ އަދި ސިންގަޕޫރުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް