ހުޅުމާލެއިން ބިން ވިއްކުން މިހާރުން މިހާރަށް ހުއްޓުވަން ޖެހޭ: މުހައްމަދު ރަޝީދު

ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކުން މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ ކަމަށް އެމްޑީޕީގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ހުޅުމާލޭ ދެ...

11 Feb 2020 | 08:55

ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކުން މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ ކަމަށް އެމްޑީޕީގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފައިވަނިކޮށެވެ.

މުހައްމަދު ރަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލެއަކީ ތޮއްޖެހުން ބޮޑު، ފަގީރު ތަނެއްގެ ގޮތުގައި ބާއްވާފައި މުއްސަނދިންނަށް ބިން ވިއްކަން އުފެއްދި ކުންފުންޏަކަށް އެޗްޑީސީ ވެގެން ނުވާނެ ކަމަށެވެ. އަދި މިހާރުން މިހާރަށް އެކަން ހުއްޓާލާ މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގެންފަވެ އެވެ.

https://twitter.com/boadhigu/status/1226805050678202369

މިކަމާ ގުޅިގެން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ވިދާޅުވީ ހުޅުމާލެ ހިއްކީ މާލޭގެ ބޯހިޔާވަހިކަމަށް ހައްލު ހޯދުމަށް ކަމަށެވެ. އެކަމަކު ހުޅުމާލޭގެ ބިންތައް މުއްސަނދިންނަށް ވިއްކުމުން މަގުސަދު ހާސިލްވާތަން ނުފެންނާނެ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކި އެވެ. އެފަހަރު އަކަފޫޓެއް ވިއްކާފައިވަނީ3000 ރުފިޔާއަށެވެ. އޭގެ ފަހުން ވެރިކަން ނިމެން އުޅެނިކޮށްވެސް ހުޅުމާލެއިން ބިންވިއްކަން މަސައްކަތް ކުރި އެވެ. އެކަމަކު އޭސީސީން އަންގައިގެން އެކަން ހުއްޓާލަން ޖެހުނީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް