ރާއްޖޭގެ ބޮޑު ބަޔަކަށް ވައިގަދަވާނެ ކަމަށްް ލަފާކޮށް މުސުމާބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓު ނެރެފި އެވެ.
ވައިޓް އެލާޓު ނެރެފައިވަނީ މިއަދު މެންދުރު11:45 ން ހަވީރު5:45 އަށެވެ. އެ އިދާރާއިން ލަފާކުރާގޮތުގައި މި ވަގުތުތަކުގައި ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އެގޮތުން އާންމުކޮށް މިވަގުތުތަކުގައި ވައިޖެހޭނީ23 މޭލާއި29 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް ލަފާ ކުރެ އެވެ. ވައި ޖެހޭނެ ކަމަށް ލަފާ ކުރަނީ އިރު އުތުރުންނެވެ.
ހުރިހާ ހިސާބެއްގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު ބައެއް ރަށްތަކަށް އުދަ އެރުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފައިވެ އެވެ.
މެޓް އޮފީހުން ވަނީ ކަނޑު ދަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް