މެންބަރު އަނދުން ހުސައިން، މެންބަރު ޔައުގޫބަށް ކޮރަޕްޝަންގެ ތުހުމަތު ކުރައްވައިފި

މާލޭ ރައްޔިތުން ދިރިއުޅެނީ ޕަލަސްތީން ރައްޔިތުން އުޅޭފަދަ ހާލަތެއްގައި ކަމަށް ބުނެ އަތޮޅު ތެރޭ ރައްޔިތުން އިޒްރާއީލް މީހުންނާއި އެއްހަމައެއްގައި ސިފަ ކުރައްވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިނ...

11 Feb 2020 | 06:02

މާލޭ ރައްޔިތުން ދިރިއުޅެނީ ޕަލަސްތީން ރައްޔިތުން އުޅޭފަދަ ހާލަތެއްގައި ކަމަށް ބުނެ އަތޮޅު ތެރޭ ރައްޔިތުން އިޒްރާއީލް މީހުންނާއި އެއްހަމައެއްގައި ސިފަ ކުރައްވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ދެއްކެވި ވާހަކަ ދިފާއު ކުރެއްވުމަށް ދެއްކެވި ވާހަކައެއްގައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ އަށް ކޮރަޕްޝަންގެ ތުހުމަތުު ކުރައްވައިފި އެވެ.

އަނދުން ހުސައިން ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަތަކާއި ގުޅިގެން އެމްޑީޕީގެ މެންބަރުންގެ ތެރެއިން ފާޅުގައި ރައްދު ދެއްވީ ޔައުގޫބެވެ. މެންބަރު ޔައުގޫވި ވިދާޅުވީ އިޒްރާއީލްގެ ނުބައި ނުލަފާ މީހުންނާ އެއް ހަމައެއްގައި އަތޮޅު ތެރޭ މީހުން މިނެކެރީތީ ކަނބޮޑުވެ، ލަދުވެތިވެ ހިތާމަކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުވާން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެކަމަކު މިގޮތަށް ތަފާތު ކުރުން ގެންގުޅެގެން ނުވާނެ ކަމަށެވެ.

އަނދުން ހުސައިންގެ ވާހަކަފުޅާއި ގުޅިގެން މުޅި ގައުމު އުތުރު އަރަމުން ދަނިކޮށް ސޯޝަލް މީޑިއާގައި މީހަކު ވަނީ އަނދުން ހުސައިން ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގެންނަވަން ޖެހޭނެ ކަމަށް ބުނެފަ އެވެ. އެކަމަކު އެކަން ނުކުރައްވާ އޭނާ ވަނީ މެންބަރު ޔައުގޫބަށް ކޮރަޕްޝަންގެ ތުހުމަތު ކުރައްވާފަ އެވެ.

އެގޮތުން ސީޕްލޭން ޓަމިނަލް ވަކި ބަޔަކަށް ދޭތީ މިދިޔަ ދުވަސްތަކުގައި މެންބަރު ޔައުގޫބު ހިތްހަމަ ނުޖެހުން ފާޅުކުރި ކަން ތާރީހުން އެނގެން ހުންނާނެ ކަމަށް މެންބަރު ހުސައިން ވިދާޅުވި އެވެ. އަދި ވިދާޅުވެފައިވަނީ ދެން އެކަމުގައި މެންބަރު ޔައުގޫބަށް ކޮންމެ ގޮތެއް ވަރިހަމަވާނެ ކަމަށާއި ޔައުގޫބު ހުންނެވީ ކޮޅު ގޮހޮރަށް ކައިގެން ދަށުވެފައި ކަމަށެވެ.

އިތުރަށް ވިދާޅުވެފައިވަނީ މެންބަރު ޔައުގޫބުު މެންފަދަ ބޭފުޅުންގެ ފެންވަރަކީ އެއީ ކަމަށެވެ.

https://twitter.com/AndhunHussain/status/1227005084136923136

ޓީއެމްއޭއަށް ސީޕްލޭން ޓާމިނަލް ދިން މައްސަލައިގަ މެންބަރު ޔައުގޫބު އަބަދުވެސް ވިދާޅުވަމުން ގެންދެވީ އެކަމުގައި ކޮރަޕްޝަން ހިމެނޭ ކަމަށެވެ. އަދި އެކަމުގައި ޒިންމާވާން ޖެހޭ ފަރާތްތައް މާލިއްޔަތު ކޮމިޓީއަށް ހާޒިރު ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް