ހެރީއާ މޭގަންއަށް ދައުލަތުން ސެކިއުރިޓީ ފޯރުކޮށްދޭން ކެނެޑާ ރައްޔިތުން ދެކޮޅު

ޝަހީ އާއިލާއާއި ވަކިވެ އަމިއްލަ ދިރިއުޅުމެއް އުޅެން ކެނެޑާއަށް ދިރިއުޅުން ބަދަލު ކުރި އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލް އަދި ދަރިފުޅަށް ކެނެޑާ ސަރުކާރުން ހިލޭ ސެކިއުރިޓ...

11 Feb 2020 | 02:24

ޝަހީ އާއިލާއާއި ވަކިވެ އަމިއްލަ ދިރިއުޅުމެއް އުޅެން ކެނެޑާއަށް ދިރިއުޅުން ބަދަލު ކުރި އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލް އަދި ދަރިފުޅަށް ކެނެޑާ ސަރުކާރުން ހިލޭ ސެކިއުރިޓީ ފޯރުކޮށްދިނުމާއި އެގައުމުގެ ރައްޔިތުން ދެކޮޅުކަން ހާމަވެއްޖެ އެވެ.

ކެނެޑާ ސަރުކާރުން މިހާތަނަށް ހެރީގެ އާއިލާއަށް ސެކިއުރިޓީ ފޯރުކޮށްދިނުމާއި ބެހޭގޮތުން ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ. ބުނެފައިވަނީ ސެކިއުރިޓި ފޯރުކޮށްދިނުމުގައި އަމަލު ކުރާނެ ގޮތެއް ނިންމުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކެނެޑާގައި ފޯނު މެދުވެރިކޮށް ކުރި ދިރާސާއެއްގައި ބައިވެރިވި މީހުންގެ ތެރެއިން77 ޕަސެންޓު މީހުން ބުނެފައިވަނީ އެމީހުން ދައްކާ ޓެކްސް ފައިސާއިން ޕްރިންސް ހެރީގެ ދެމަފިރިންގެ ސެކިއުރިޓީ ބަލަހައްޓަން ހަރަދު ކުރުމާއި ދެކޮޅުކަމަށެވެ. އެމީހުން ބުނެފައިވަނީ ކުއީން އެލިޒަބަތް2 އަކީ ކެނެޑާގެ ރާނީކަމުގައި ބެލިނަމަވެސް އެ ދެމީހުން އެގައުމަށް ހިޖުރަކޮށް ދިރިއުޅެން ފެށީ ރާނީ ފޮނުވައިގެން ނޫންކަމަށެވެ.

19 ޕަސެންޓު މީހުންނަށް އެ އާއިލާއަށް ކެނެޑާ ސަރުކާރުން ސެކިއުރިޓި ފޯރުކޮށްދިނުމުގައި މައްސަލައެއް ނެތެވެ. އަދި ބުނެފައިވަނީ އެމީހުންނަށް އިނގިރޭސިވިލާތަށްވުރެ ކެނެޑާ މާ ރައްކާތެރި ކަމަށެވެ.

މި ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން މާގިނަ މީހުން އިނގިރޭސި ޝާހީ އާއިލާ އާއި ކެނެޑާގެ ގުޅުން ވަރުގަދަ ކުރާކަށް ބޭނުމެއް ނުވެ އެވެ.

ހެރީގެ ދެމަފިރިން ދިރިއުޅެނީ ކެނެޑާގެ ވިކްޓޯރިއާ ސިޓީގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް