ސަނީ ލިއޯންއަށް އޭޝިއާގައި ފާހަގަކޮށްލެވޭ އެވޯޑުތަކެއް

ބޮލީވުޑްގެ ބަތަލާ ސަނީ ލިއޯން އަށް އޭޝިއާގައި ފާހަގަކޮށްލެވޭ ތިން އެވޯޑެއް ލިބިއްޖެ އެވެ. ސަނީއަށް މި އެވޯޑުތައް ދީފައިވަނީ 13 ވަނަ އޭޝިއަން ބިޒްނަސް އެންޑް ސޯޝަލް ފޯރަމްގައި އެވެ. ތައިލެންޑުގަ އޮތް ފ...

11 Feb 2020 | 01:18

ބޮލީވުޑްގެ ބަތަލާ ސަނީ ލިއޯން އަށް އޭޝިއާގައި ފާހަގަކޮށްލެވޭ ތިން އެވޯޑެއް ލިބިއްޖެ އެވެ.

ސަނީއަށް މި އެވޯޑުތައް ދީފައިވަނީ 13 ވަނަ އޭޝިއަން ބިޒްނަސް އެންޑް ސޯޝަލް ފޯރަމްގައި އެވެ. ތައިލެންޑުގަ އޮތް ފޯރަމްގައި ބައިވެރިވުމަށް އޭނާ ތައިލެންޑަށް ދިޔަ އެވެ.

ސަނީ އަށް ލިބިފައިވަނީ އޭޝިއާ ވަން ވުމަން އެމްޕަވާމަންޓު އެވޯޑާއި، 40އަހަރުން ދަށުގެ އޭޝިއާގެ ނުފޫޒުގަދަ އެވޯޑު އަދި އޭނާގެ ކޮސްމެޓިކްސް ބްރޭންޑަށް ފާސްޓެސްޓް ގްރޯވިން އެވޯޑެވެ.

އެވޯޑުތައް ލިބުމުން ސަނީ ބުނީ އޭނާގެ ކޮސްމެޓިކްސް ބްރޭންޑު "ސްޓާ ސްޓްރަކް" އާންމުންގެ މެދުގައި މަގުބޫލު ބްރޭންޑަކަށް ހަދާފައިވަނީ ވަރަށް ބުރަ މަސައްކަތުން ކަމަށެވެ. އެކަމުގައި އޭނާ އާއި އެކު މަސައްކަތް ކުރާ ޓީމް އާ ފިރިމީހާގެ އެހީތެރިން ވަރަށް ބޮޑަށް ލިބުނު ކަމަށެވެ.

ބޮލީވުޑްގައި ދެން އެންމެ އަވަހަށް ރިލީޒް ވާނީ އޭނާގެ ހެއްވާ މަޖާ ފިލްމު "ކޯކާ ކޯލާ" އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް