ރަވީނާ، ފަރާ އަދި ބާރްތީއަށް ދީނަށް ފުރައްސާރަ ކުރި ކަމުގެ ތުހުމަތު

ހިންދީ ޓީވީ ޝޯތަކުގައި މިހާރު އެންމެ ވިދާތާ ތަރިން ކަމަށްވާ ޑައިރެކްޓާ ފަރާ ހާނ،ް ކުރީގެ ބަތަލާ ރަވީނާ ތަންޑޯން އަދި މަޝްހޫރު ކޮމީޑީއަން ބާރްތީ ސިންހަ އާއި ދެކޮޅަށް އިންޑިއާގެ ނާގްޕޫރުގެ ފުލުހަށް މައް...

10 Feb 2020 | 19:48

ހިންދީ ޓީވީ ޝޯތަކުގައި މިހާރު އެންމެ ވިދާތާ ތަރިން ކަމަށްވާ ޑައިރެކްޓާ ފަރާ ހާނ،ް ކުރީގެ ބަތަލާ ރަވީނާ ތަންޑޯން އަދި މަޝްހޫރު ކޮމީޑީއަން ބާރްތީ ސިންހަ އާއި ދެކޮޅަށް އިންޑިއާގެ ނާގްޕޫރުގެ ފުލުހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ދީނަށް ފުރައްސާރަ ކުރި ކަމަށް ބުނެ27 އަހަރުގެ މީހަކު އެ ތިން މީހުންނާއި ދެކޮޅަށް ހުށަހެޅި މައްސަލައިގަ ބުނެފައިވަނީ މިދިޔަ ޑީސެމްބަރު މަހު ޓީވީ ޝޯއެއްގައި މައްސަލަ ހުށަހެޅި މީހާ ތަބާވާ ކްރިސްޓިއަން ދީނަށްް އެ ތިން މީހުން ފުރައްސާރަކޮށް މަލާމާތްކޮށްފައިވާ ކަމަށެވެ.

އިންޑިއާގެ ގާނޫނު ބުނާގޮތުން ދީނީ ގޮތުން ބަޔަކު ގަބޫލު ކުރާ ކުރުމަކާ ދެކޮޅަށް ވާހަކަދައްކާ ފުރައްސާރަކޮށް މަލާމަތް ކުރުމަކީ ގާނޫނީ ކުށެކެވެ. ފުލުހުން ބުނީ މި މައްސަލައިގަ ޖަވާބުދާރީވުމަށް ކޯޓަށް ހާޒިރުވުމަށް އެ ތިން މީހުންނަށް ވަރަށް އަވަހަށް އަންގާނެ ކަމަށެވެ.

މިއީ މިދިޔަ ޑިސެމްބަރު މަހު25 ވަނަ ދުވަހު ދެއްކި އެ ޝޯގައި އެމީހުން ދެއްކި ވާހަކަތަކާއި ގުޅިގެން ޖަވާބުދާރީވުމަށް ކޯޓަށް ހާޒިރުވާން ޖެހޭ ދެވަނަ ފަހަރެވެ. މީގެ ކުރިން ކޯޓަށް ހާޒިރު ކުރުމުން އެމީހުން ބުނެފައިވަނީ އެއީ ކްރިސްޓިއަން ދީނަސް ފުރައްސާރަ ކުރުމުގެ ގޮތުން ދެއްކި ވާހަކަތަކެއް ނޫންކަމަށެވެ.

އެފަހަރަު ބަޔަކު މައްސަލަ ހުށަހެޅީ ބަންޖާބުގެ ކޯޓަކަށެވެ. އެމީހުން އެ ޝޯގައި ދެއްކި ވާހަކަތަކާއި ގުޅިގެން ވަނީ މައާފަށްވެސް އެދިފަ އެވެ.

މި މައްސަލަ ފިނިނުވެ އަދިވެސް އިތުރަށް ހުޅު ރޯވަމުންދާތީ ބެލެވެނީ މި މައްސަލައިގަ އެ ތިން މީހުންނާއި ދެކޮޅަށް ހުށަހަޅާ މައްސަލަތައް އިތުރުވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް