އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ބޮޑު ބިޔަ ކެމްޕޭނެއް ފައްޓަވާފައިވާއިރު ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު (އެމްޕީ އަބުޅޯ) އުމަރު ނަސީރަށް ސުވާލުތަކެއް ކުރިމަތިކުރައްވައިފިއެވެ.
"ހޯމް މިނިސްޓަރު ކަމުގައި އުމަރު ނަސީރު ހުރި އިރު އިންޑިއާ ސިފައިން ތިބީ ކޮންތާކުތޯ؟ ހެލިކޮޕްޓަރު އޮތީ ކޮންތާކުތޯ؟ ދުއްވީ ކޮން ގައުމެއްގެ ބައެއްތޯ؟ ކޮބާތޯ ތަފާތަކީ؟" އެމްޕީ އަބުޅޯ ސުވާލުތައް ކުރައްވާފައިވެއެވެ.
https://twitter.com/AblhoMP/status/1094968557211795456
އެމްޕީ އަބުޅޯ މި ސުވާލުތައް ޓްވިޓާ މެދުވެރިކޮށް އުމަރު ނަސީރާ ކުރައްވާފައިވާއިރު އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ކުރާ މަސައްކަތުގައި ވޮލަންޓިއަރުންނާއި ފައިސާގެ އެހީތެރިކަން ދޭނެ ފަރާތްތައް ހޯދުމަށް އުމަރު މިއަދު ވަނީ އިއުލާނެއް ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް