ރާއްޖޭގައި މަސައްކަތް ކުރުމަށް ބިދޭސީން އެތެރެކުރުމަށް ހުއްދަ ދޫކުރުމުގެ މަސައްކަތްތައް އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފިއެވެ.
މިކަން ހާމަކޮށް އެ މިނިސްޓްރީން އިއުލާނެއް ކޮށްފައިވާއިރު އެ އިއުލާނުގައި ބުނެފައިވަނީ ލޭބަރ އެންޑް އެމްޕްލޯއިމަންޓް މެންޑޭޓްގެ ތެރޭގައި ހިމެނޭ މަސައްކަތްތަކުގެ ތެރެއިން މަސައްކަތް ކުރުމަށް ބިދޭސީން އެތެރެވުމަށް ހުއްދަ ދިނުމާބެހޭ މަސައްކަތް ހަރުދަނާކުރުމަށް ސަރުކާރުން އެކަށައަޅުއްވާފައިވާ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި އަންނަ މާރިޗް މަހުން ފެށިގެން ބިދޭސީންނާއި ގުޅޭ އެފަދަ ހިދުމަތްތައް އެ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާކަމަށެވެ.
އެގޮތުން ބަދަލުކޮށްފައިވާ ހިދުމަތްތަކަކީ ރާއްޖެ އަށް އެތެރެވާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް ބޭނުންކުރާ އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރެޖިސްޓްރީވުމުގެ މަސައްކަތްތަކާއި ކޯޓާ ހަމަޖައްސައިދިނުމާއި އެމްޕްލޯއިމެންޓް އެޕްރޫވަލް ދިނުމެވެ.
މީގެ ކުރިން މި ހިދުމަތްތައް ބަލަހައްޓަމުން ގޮސްފައިވަނީ މޯލްޑިވްސް އިމިގްރޭޝަނުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް