ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމަށް ޕީޕީއެމް އަށް ނިސްބަތްވާ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ހުށަހަޅުއްވައިފިއެވެ.
މިނިސްޓަރު މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅާފައިވަނީ "އިންޑިއާއިން ބޭނުން ނަމަ ރާއްޖެ ހިފިދާނެ ކަމަށް" އިންޑިއާގެ މީޑިއާއަކަށް މިނިސްޓަރު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވުމުންނެވެ. މި މައްސަލައިގާ ތޯރިގު ހުށަހެޅުއްވީ މިނިވަން ކަމާއި ސިޔާދަތު ދިފާއުކޮށް ކަރާމާތާއި ދިވެހި ދައުލަތުގެ ޝާނާއީ ޝައުކަތު ދައްކުވައިދީ ހިފެހައްޓަންޖެހޭ އިރު މާރިޔާ ފާޅު ކުރައްވާ ސިޔާސަތުތަކުން އެ ޒިންމާތައް އަދާ ކުރެވިދާނެތޯ މާރިޔާއާ ސުވާލު ކުރެއްވުމަށެވެ.
މިނިސްޓަރު މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅާފައިވާއިރު މި މައްސަލައިގާ އާންމުންގެ ފާޑުކިޔުންވެސް މާރިޔާ އަށް އަމާޒުވެގެން ދިޔައެވެ. އަދި އިދިކޮޅު ފރާތްތަކުން މިކަމާ މުޒާހަރާ ކުރާނެ ކަމުގައިވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް