ކަށިކޮލި މަސް ކައިގެން އިންޑޮނޭޝިޔާގައި ދެމީހަކު މަރުވެއްޖެ

އިންޑޮނޭޝިޔާގެ ޖާވާގައި ކަށިކޮލި  މަސް ކޭ ހަތަރު މީހެއްގެ ތެރެއިން ދެމީހަކު މަރުވެ ދެމީހަކު އެމަޖެންސީގައި އެޑްމިޓް ކޮށްފިއެވެ. އިންޑޮނޭޝިޔާގެ ނޫސްތަކުގައި ބުނެފައިވާގޮތުގައި ބައިދޯވީ ނަމަކަށް ކިޔާ މީ...

11 Feb 2019 | 06:02

އިންޑޮނޭޝިޔާގެ ޖާވާގައި ކަށިކޮލި  މަސް ކޭ ހަތަރު މީހެއްގެ ތެރެއިން ދެމީހަކު މަރުވެ ދެމީހަކު އެމަޖެންސީގައި އެޑްމިޓް ކޮށްފިއެވެ.

އިންޑޮނޭޝިޔާގެ ނޫސްތަކުގައި ބުނެފައިވާގޮތުގައި ބައިދޯވީ ނަމަކަށް ކިޔާ މީހަކާއި އޭނާގެ އަނބި ސުހައިނާ އަދި ދެ ދަރިން ކަމުގައިވާ މަހްފޫދާއި ހަބީބުﷲ، ކަށިކޮލި މަހެއް ހިފައިގެން ކައްކައިގެން ގެއީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނުގެ ނާސްތާގައެވެ. ކެއުމާއެކު ކާނާ ވިހަވެ ހޮސްޕިޓަލަށް ގެންގޮފައިވާކަމަށް ބުނެފައިވެއެވެ.

މި ހާދިސާގައި މަރުވެފައިވަނީ އެ ދެމަފިރިންނެވެ. ދެ ކުދިން ތިބީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ.

އެ ދެމަފިރިންގެ ތެރެއިން އެއް ކުއްޖެއް ކަމުގައިވާ މަހްފޫދު ބުނެފައިވަނީ މީގެ ކުރިންވެސް ކަށިކޮލި މަސް ކައި އުޅުނު ކަމަށާއި އެއީ ވިހަ އެއްޗެއްކަން މީގެ ކުރިން އެނގިފައިނުވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް