އިންޑިއާ ސިފައިން ފައްސާލަން އުމަރު މަސައްކަތް ފައްޓަވައިފި

ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ އަސްކަރިއްޔާގެ މީހުން ރާއްޖެއިން ބޭރު ކުރުމުގެ އަމަލީ މަސައްކަތް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ފައްޓަވައިފިއެވެ. އުމަރު މިކަން ފެއްޓެވީ އެކަމަށް ބޭނުންވާ ވޮލަނ...

11 Feb 2019 | 05:39

ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ އަސްކަރިއްޔާގެ މީހުން ރާއްޖެއިން ބޭރު ކުރުމުގެ އަމަލީ މަސައްކަތް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ފައްޓަވައިފިއެވެ.

އުމަރު މިކަން ފެއްޓެވީ އެކަމަށް ބޭނުންވާ ވޮލަންޓިއަރުން ހޯދުމަށް ފޯމަކާއެކު ފޭސްބުކުގައި ކުރެއްވި ޕޯސްޓަކުންނެވެ.

އެ ޕޯސްޓުގައި އުމަރު ވިދާޅުވެފައިވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމްވެގެން ތިބުމީ ރާއްޖޭގެ މިނިވަންކަން ގެއްލިގެން ހިނގައިދާނެ ކަމެއް ކަމަށެވެ. މިކަމާ ދެކޮޅަށް ދިވެހިން ތެދުވަން ޖެހޭނެކަމަށެވެ.

"އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލާ ގައުމީ ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް މި ފޯމް ފުރުއްވާ ނުވަތަ މި ފޯމްގައި ހުރި މައުލޫމާތުތައް އަޅުގަނޑަށް -7772189- ވައިބަރ ނުވަތަ ވަޓްސްއެޕް ކޮށްލަދެއްވާ" އުމަރުގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

އުމަރުގެ ޕޯސްޓް ނިންމަވާލައްވާފައިވަނީ މަޝްހޫރު ޅެންބައިތަކުންނެވެ.

"މިނިވަން ކަމުން އަޅުވެތި ކަމަށް ދާނަންހޭ؟ ނުދާނަމޭ"

"ފިނިހިޔަލަކުން، ގަދަ ހޫނަކަށް، ދާނަންހޭ؟ ނުދާނަމޭ" އުމަރުގެ ސްޓެޓަސް ނިންމަވާލައްވާފައިވަނީ މި ޅެންބައިތުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް