ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން، ފަނޑިޔާރުންނަށް ކަނޑައެޅިގެން ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކަމުގެ ޑޮކިއުމެންޓް ހެކި ލިބިފައިވާކަމުގައި ފުލުހުން ބުނެފި އެވެ.
ފުލުހުން މިހެން ބުނެފައިވަނީ އިސްކަންދަރު ކޮށީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ.
ނޫސްވެރިންގެ އެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ މ/އެންދެރިމާގެއިން ސިއްރުން ނެރެގެންދިޔަ ކަޅުކުލައިގެ ފޮއްޓަކުން، ތަހުގީގަށް ބޭނުންވާ ހެކި ލިބިފައިވާކަމަށެވެ. ފަނޑިޔާރުންނަށް ކަނޑައެޅިގެން ނުފޫޒު ފޯރުވުމަށް ފާރިސް މައުމޫން މަސައްކަތް ކޮށްފައިވާކަމުގެ ޑޮކިއުމެންޓް އެވިޑެންސް އެ ފޮށިން ލިބިފައިވާކަމަށެވެ.
އެ ފޮށި ފެނިފައިވަނީ ރައީސް މައުމޫންގެ އޮފީހުގައި މަސައްކަތްކުރާ ނަޖުމާގެ ގެއިން ކަމުގައިވެސް ޝިފާން ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް