މާދަމާ ހާޒިރުވާން އަންގައި، އިލްހާމްގެ އަނބިކަނބަލުން ދޫކޮށްލައިފި

މިއަދު ހައްޔަރު ކުރި، ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ އަނބިކަނބަލުން އާމިނަތު މާޝާ މިއަދު ދޫކޮށްލައިފި އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން އިލްހާމްގެ ކޮއްކޮ، އަލްއުސްތާޛް އާދަމް ޒާލިފް ...

11 Feb 2018 | 18:04

މިއަދު ހައްޔަރު ކުރި، ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ އަނބިކަނބަލުން އާމިނަތު މާޝާ މިއަދު ދޫކޮށްލައިފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން އިލްހާމްގެ ކޮއްކޮ، އަލްއުސްތާޛް އާދަމް ޒާލިފް ވިދާޅުވީ އިލްހާމްގެ އަނބިކަނބަލުން ދެންމެ ދޫކޮށްލާފައިވާއިރު މާދަމާ ހެނދުނު 09 ޖަހާއިރު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވާކަމަށެވެ.

ފުލުހުން މިއަދު މާޝާ ހައްޔަރުކޮށްފައިވަނި އެއްވެސް ތުހުމަތަކާއި ނުލާ ކަމުގައި އޭނާގެ ގާނޫނީ ވަކީލު ވަނީ ބުނެފައި އެވެ. މާޝާ ދޫކޮށްލާފައިވާއިރު އޭނާގެ ފިރިކަލުން އިލްހާމް އަހުމަދު ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ. އިލްހާމްގެ އާއިލާއިން ބުނެފައިވަނީ އިލްހާމް ވީތަނެއް އާއިލާއަށްވެސް ނޭނގޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް