ސަރުކާރު ވައްޓާލަން ގޮވާލި މައްސަލައިގާ މުސްތަފާ ފުލުހަށް ހާޒިރުވާން އަންގައިފި

ސަރުކާރު ވައްޓާލަން ގޮވާލި މައްސަލައިގާ، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި އެވެ. މުސްތަފާ ޕޮލިހަށް ހާޒިރުވާން އަންގާ...

11 Feb 2018 | 09:16

ސަރުކާރު ވައްޓާލަން ގޮވާލި މައްސަލައިގާ، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި އެވެ.

މުސްތަފާ ޕޮލިހަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ 02:00 އަށެވެ.

މުސްތަފާ ފުލުސް އޮފީހަށް ހާޒިރުވާން އަންގައި ފޮނުވި ޗިޓްގައި ބުނެފައިވަނީ ހާޒިރު ކުރަނީ 28 ޖުލައި 2017 ގައި ރާއްޖެ ޓީވީ ޕްރޮގްރާމެއްގައި، ރައްޔިތުން ނިކުމެ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މަގާމުން ބޭރުކޮށް، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށާއި ޢައިރު ގާނޫނީ އަމަލެއް ހިންގުމަށް ރައްޔިތުންނަށް ހިތްވަރުލިބޭގޮތަށް ވާހަކަ ދެއްކި ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް