ގިނަ ތުހުމަތުތަކެއްގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ބައްދަލު ކުރުމުގެ ފުރުސަތު ވަކީލުންނަށް ޒިޔާރަތް ކުމުގެ ފުރުސަތު އޮންނާނެ ކަމުގައި ކަރެކްޝަންސް އިން ބުނެފި އެވެ.
ކަރެކްޝަންސް އިން މިހެން ބުނެފައިވަނީ ކޮށްފައިވާ ޓްވީޓެއްގައި އެވެ.
https://twitter.com/Corrections_Mv/status/962599098749603846
އެ ޓްވީޓްގައި ކަރެކްޝަންސް އިން ބުނެފައިވަނީ ވަކީލުންނަށް ރައީސް މައުމޫނަށް ފޯނުން ގުޅުއްވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ވަކީލުންނަށް ރައީސް މައުމޫންގެ އަރިހަށް ޒިޔާރަތްވެސް ކުރެއްވޭނެ ކަމަށެވެ. އަދި އާއިލާގެ މެމްބަރުންނަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ދާދި އަވަހަށް ހުޅުވާލާނެ ކަމުގައިވެސް ބުނެފައި ވެ އެވެ.
https://twitter.com/Corrections_Mv/status/962604897504976896
ރައީސް މައުމޫންގެ ހާލުކޮޅު ރަނގަޅު ކަމުގައިވެސް ކަރެކްޝަންސް އިން ބުނެފައި ވެ އެވެ.
https://twitter.com/Corrections_Mv/status/962602704030740480
ކަރެކްޝަންސް އިން މިހެން ބުނެފައިވާއިރު ގާނޫނޫ ވަކީލު މައުމޫން ހަމީދު މިއަދު ވިދާޅުވެފައިވަނީ ގާނޫނީ ވަކީލުންނަށްވެސް އަދި އާއިލާއަށްވެސް ރައީސް މައުމޫން އާއި ބައްދަލު ނުކުރެއްވޭނެ ކަމަށް ކަރެކްޝަންސް އިން ބުނެފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް