ފަރުވާއަށްފަހު އަލީ ހަމީދު ދޫނިދޫއަށް

ގައުމުގައި ކުއްލި ހާލަތު އިއުލާނުކޮށް ހައްޔަރުކޮށްފައިވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫނިދޫއަށް ބަދަލުކޮށްފި އެވެ. ދުވަހަށް މައުލޫމާތު ލިބިފަ...

11 Feb 2018 | 08:15

ގައުމުގައި ކުއްލި ހާލަތު އިއުލާނުކޮށް ހައްޔަރުކޮށްފައިވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫނިދޫއަށް ބަދަލުކޮށްފި އެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އަލީ ހަމީދު ހޮސްޕިޓަލުން ދޫކޮށްލުމުން ދޫނިދޫއަށް ގެންގޮސްފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރަކާގުޅިގެން ގައުމުގައި ކުއްލި ހާލަތު އިއުލާނުކޮށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ހައްޔަރު ކޮށްފަ އެވެ. މި ބޭފުޅުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ފުލުހުން ކޮށްފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް