ދިވެހި ސަރުކާރުން ބޭރުގެ އަސްކަރީ އެހީއަށް އެދިފައިނުވާނެ: ޑިފެންސް

ދިވެހިރާއްޖޭގައި މިވަގުތު ހިނގަމުންދާ ކަންކަމާގުޅިގެން، އެއްވެސް އިރެއްގައި ދިވެހި ސަރުކާރުން ބޭރުގެ އަސްކަރީ އެހީތެރިކަމަށް އެދިފައިނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމުގައި ޑިފެންސް މިނިސްޓްރީން ބުނެ...

11 Feb 2018 | 07:27

ދިވެހިރާއްޖޭގައި މިވަގުތު ހިނގަމުންދާ ކަންކަމާގުޅިގެން، އެއްވެސް އިރެއްގައި ދިވެހި ސަރުކާރުން ބޭރުގެ އަސްކަރީ އެހީތެރިކަމަށް އެދިފައިނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމުގައި ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިހެން ބުނެފައިވަނީ މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި އެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ބޭރުގެ އަސްކަރީ އެހީތެރިކަން ހޯދުމަށް ސަރުކާރުން ބޭރު ދައުލަތްތަކުގައި އެދިފައިވާކަމަށްބުނެ ހަބަރު ފަތުރާ ވަސީލަތްތަކުން ފަތުރަމުންދާ ގޮދު ހަބަރުތަކާ ގުޅޭގޮތުން މި މިނިސްޓްރީން ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

"ދިވެހިރާއްޖޭގައި މިވަގުތު ހިނގަމުންދާ ކަންކަމާގުޅިގެން، އެއްވެސް އިރެއްގައި ދިވެހި ސަރުކާރުން ބޭރުގެ އަސްކަރީ އެހީތެރިކަމަށް އެދިފައިނުވާނެ ކަމުގެ ޔަގީންކަން އަރުވަމެވެ." އެ ނޫސް ބަޔާނުގައި ބުނެފައި ވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދިވެހިރާއްޖޭގެ އިސްތިގުލާލަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެމަތިން ގާނޫނުގެ ވެރިކަން ދެމެހެއްޓުމާއެކު، ދިވެހިރާއްޖޭގެ ދާހިލީ ކަންކަން އަމިއްލައަށް ހައްލުކުރުމުގެ ގާބިލުކަން ދިވެހިރާއްޖެއް ލިބިގެންވާކަން ބަލައިގަތުމަށް މި މިނިސްޓްރީން ކަމާގުޅުންހުރި އެންމެހައި ފަރާތްތަކަށް ގޮވައިލާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް