ހުސް ފަޔާ ދުވެ އެއްވަނައިގާ އޮވެ ރޭސް ނިންމި މި ކުއްޖާގެ ވާހަކަ ވަރަށް ތަފާތު !

ފޮޓޯގައި އެވަނީ އުމުރުން އެންމެ 10 އަހަރުގެ މަރްވާ އެވެ. މަރްވާ އަކީ މިސްރުގެ މަގުތަކުގައި ޓިޝޫ ވިއްކަން އުޅޭ ކުޑަ އަންހެން ކުއްޖެކެވެ. މަރްވާ ނިސްބަތްވަނީ ފަގީރު އާއިލާ އަކަށެވެ. އަރަބި ނޫސްތަކުގެ ފަ...

11 Feb 2018 | 05:41

ފޮޓޯގައި އެވަނީ އުމުރުން އެންމެ 10 އަހަރުގެ މަރްވާ އެވެ. މަރްވާ އަކީ މިސްރުގެ މަގުތަކުގައި ޓިޝޫ ވިއްކަން އުޅޭ ކުޑަ އަންހެން ކުއްޖެކެވެ. މަރްވާ ނިސްބަތްވަނީ ފަގީރު އާއިލާ އަކަށެވެ.

އަރަބި ނޫސްތަކުގެ ފަލަ ސުރުހީން މި ކުއްޖާ ޖާގަ ހޯދީ ކުޑަކުދިންނަށް ބޭއްވި ޗެރިޓީ ދުވުމެއްގައި ހުސް ފަޔާ ދުވެ އެއްވަނަ ހޯދައިގެންނެވެ. ރޭހުގައި ބައިވެރިވި އެހެން ހުރިހާ ކުދިން ފުލް ކިޓްގައި ދުވި އިރު ބުރުގާ އެޅި ހެދުމުގައި ޖިންވެސް ވެސް ލައިގެންނެވެ.

ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާގޮތުގައި މަރްވާ އެ ރޭހުގައި ބައިވެރިވާން އެދުމުން އެ ރޭސް އިންތިޒާމްކުރި ފަރާތުން ވަނީ ފީއަކާ ނުލާ މަރްވާ އެ ރޭހުގައި ބައިވެރި ކޮށްފަ އެވެ. ފަސޭހަ ކަމާއެކު އެއްވަނައިގާ އޮވެ މަރްވާ ރޭސް ނިންމީ ދުވުމަކީ ކޮންމެ ދުވަހަކު ޓިޝޫ ވިއްކުމުގައި އޭނާ ކުރާ ކަމެއް ކަމުން ކަމަށް އޭނާ ބުނެފައި ވެ އެވެ.

މަރްވާ ބުނެފައިވަނީ ޓިޝޫ ވިއްކުމަށް ކޮންމެ ދުވަހަކުވެސް ކާރުތައް ފަހަތުން ދުވަންވެސް ޖެހޭ ކަމަށެވެ.

މަރްވާގެ މި ތަފާތު ވާހަކައާއެކު މިސްރުގައި ޝޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުން އެގައުމުގެ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އާއި މުއްސަނދި ވިޔަފާރިވެރިންނަށް ގޮވާލަމުން އަންނަނީ އޮލިމްޕިކް އެތުލީޓަކަށް ވުމަށް މަރުވާ އަށް އެހީވުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް