ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ ދެމީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން އެދެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
މި އަމުރާއި ގުޅިގެން ހޯދަމުންދަނީ ދ.މީދޫ، ބީޗްހައުސް، މުޙައްމަދު އަޝްރަފް (36އ) އާއި ގދ.ފިޔޯރީ، ތޮރާގެ، އަޙްމަދު ރަޝީދު (39އ) އެވެ.
ފުލުހުން ބުނީ މުޙައްމަދު އަޝްރަފް ހޯދަމުންދަނީ، ސިވިލް ކޯޓުގައި ދައުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން 2018 ފެބްރުއަރީ 15 ވަނަ ދުވަހުގެ 11:40 އަށް ކޯޓަށް ހާޟިރުކުރުމަށް ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ. އަދި އަޙްމަދު ރަޝީދު ހޯދަމުންދަނީ، ސިވިލް ކޯޓުގައި ދައުވާކުރާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން 2018 ފެބްރުއަރީ 11 ވަނަ ދުވަހުގެ 11:00 އަށް ކޯޓަށް ޙާޟިރުކުރުމަށް ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.
މިދެމީހުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް