އެމްޕީ އިލްހާމް ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އަހުމަދު އިލްހާމް ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެ އެވެ. ފުލުހުން ބުނެފައިވަނީ އިލްހާމް ހޯދަމުން އަންނަނީ އިކޮނޮމިކް ކްރައިމް ޑި...

11 Feb 2018 | 05:13

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އަހުމަދު އިލްހާމް ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެ އެވެ.

ފުލުހުން ބުނެފައިވަނީ އިލްހާމް ހޯދަމުން އަންނަނީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަޙްޤީޤް ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

"މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ގއ.ގެމަނަފުށި، އޯކިޑުމާގެ އިލްހާމް އަޙްމަދު އެވެ." ފުލުހުން ބުނެފައި ވެ އެވެ.

އިލްހާމް އަޙްމަދުއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު  9790048 އަށް ގުޅުއްވައި ޙިއްސާކުރެއްވުން ފުލުހުން އެދެ އެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާކަމުގައިވެސް ފުލުހުން ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް