އެކުވެރި އަރަބި އިމާރާތުގައި ވަޒީފާ އަދާކުރަމުން އަންނަ އިންޑިއާ ރައްޔިތަކު އޭނާގެ ލޯބިވެރިޔާއަށްޓަކައި ޓިކެޓް ނުނަގާ ގޮސް ފްލައިޓަކަށް އަރައިފި އެވެ.
މި ހާދިސާ ހިނގާފައިވަނީ އިއްޔެ އެވެ. އަރަބި ނޫސްތަކުން ރިޕޯޓް ކޮށްފައިވާގޮތުގައި އުމުރުން 26 އަހަރުގެ މި މީހާއަކީ ސިވިލް އިންޖިނޭރެކެވެ. އެކުވެރި އަރަބި އިމާރާތުގެ ޝާރްޖާ އެއާޕޯޓުން އިންޑިއާއަށް ދާން އޮތް ފްލައިޓަކަށް މިމީ އެރިތަން ފެނުނީ ލަގެޖު އުފުލާ މީހަކަށެވެ.
މަދު ވަގުތުކޮޅެއްގެ ތެރޭގައި އެމީހާ ހައްޔަރު ކޮށްފައިވާއިރު ފުލުހުންނަށް ދިން ބަޔާނުގައި އޭނާ ބުނެފައިވަނީ އޭނާ ބޭނުންވީ ލޯބިވެރިޔާއަށް މެސެޖެއް ދޭން ކަމަށެވެ.
"އަހަންނަކީ މިނިވަނެއް، އަހަރެމެން އެކުގައި އުޅުމަށް ހުރަހެއް ނެތް" ލޯބިވެރިޔާއަށް ދޭން ބޭނުންވާ މެސެޖަކީ މިއީކަމުގައި އޭނާ ބުނެފައި ވެ އެވެ.
އޭނާ އިތުރަށް ބުނެފައިވަނީ ކޮންމެ ގޮތަކަށް ނަމަވެސް ލޯބިވެރިޔާ ގާތަށް ދާން ބޭނުން ކަމަށެވެ.
އެކުވެރި އަރަބި އިމާރާތުގެ ފުލުހުން ކުރި ތަހުގީގުން އެނގުނު ގޮތުގައި އޭނާ ޓިކެޓް ނުގަނެ ފްލައިޓަށް އެރީ އޭނާ ވަޒީފާ އަދާކުރާ ތަނުން އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް