ޓްރެފިކް ގަވައިދުތައް ތަންފީޒުކުރުމަކީ ލުއި ފަސޭހަކަމާއެކު ކުރެވޭނެ ކަމެއް ކަމުން އެގޮތަށް އެކަން ކުރަން ގަވައިދުތައް އިސްލާހުކުރަން ޖެހޭކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރުގެ ޓްރެފިކް މައްސަލަތައް އާންމުކުރައްވާ ކުރެއްވި ޓްވީޓެއްގަ ސީޕީ ހަމީދު ވިދާޅުވާ ގޮތުގައި މި މައްސަލަ ހައްލުކުރުމަށް މިހާރު ވެސް މަސައްކަތްތަކެއް ކުރަމުން އަންނައިރު މިހާރު ވަނީ ޒިންމާވާ ހުރިހާ މުވައްސަސާތަކާއި ވުޒާރާތަކެއް ވެސް އެއް މޭޒަކަށް އައިސް މަޝްވަރާކުރަން ނިންމާފައި ކަމަށެވެ.
އެގޮތުން އެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ޓްރެފިކްގެ މައްސަލަތައް މިހާރު އޮތީ ކަންބޮޑުވާ މިންވަރެއްގަ އެވެ. އެގޮތުން މިކަން ހައްލު ކުރެވޭނީ ހަރުދަނާ ބަދަލުތަކެއް ގެނެސްގެންކަން ކޮމިޝަނާ އޮފް ޕޮލިސް ފާހަގަ ކުރައްވަ އެވެ.
މިދިޔަ އަހަރުގެ ޓްރެފިކް މައްސަލަތަކަށް ބަލާއިރު ތަފާސްހިސާބުތަކުގައި އެންމެ ބޮޑަށް ފާހަގަ ކުރެވޭ އެއްކަމަކީ ނުގަވައިދުން ޕާކުކުރާ މައްސަލަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް