ސަރުކާރުގެ ސިއްހީ ހިދުމަތަށް 72 އަހަރު

ދިވެހި ސަރުކާރުން ރައްޔިތުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން ދާތާ 72 އަހަރު ފުރިއްޖެ އެވެ. ސަރުކާރުން ރައްޔިތުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދޭން ފެށީ މީގެ 72 އަހަރުގެ ކުރިން 1948 ގައި "ޑޮކްޓަރުގެ"...

11 Jan 2020 | 10:30

ދިވެހި ސަރުކާރުން ރައްޔިތުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން ދާތާ 72 އަހަރު ފުރިއްޖެ އެވެ.

ސަރުކާރުން ރައްޔިތުންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދޭން ފެށީ މީގެ 72 އަހަރުގެ ކުރިން 1948 ގައި "ޑޮކްޓަރުގެ" ނަމުގަ އެވެ. އޭގެ ފަހުން "ސެންޓްރަލް ހޮސްޕިޓަލް" ގެ ނަމުގައި ހޮސްޕިޓަލެއް ހުޅުވާ ހިދުމަތްދޭން ފެށި އެވެ. އެއީ މިހާރު އޭޑީކޭ ހޮސްޕިޓަލް ހިންގަމުންދާ ބިމުގަ އެވެ.

އޭގެ ފަހުން "އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް" ގެ ނަމުގައި 1995 ވަަނަ އަަހަރު ވަނީ ހޮސްޕިޓަލެއް ގާއިމްކޮށް ހިދުމަތްދޭން ފަށާފަ އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިހާތަނަށް ސިއްހީ ދާއިރާއިން ހާސިލްކުރަން ޖެހޭ ގިނަ ލަނޑުދަނޑިތަކެއް ހާސިލް ކުރެވިފައިވާ ކަމަށެވެ.

އައިޖީއެމް ހޮސްޕިޓަލުން ބުނީ މީގެ ކުރިން ރާއްޖެއިން ދެވެން ނެތް ސްޕެޝަލިޓީ ހިދުމަތްތައްވެސް މިހާރު ފޯރުކޮށްދެމުންދާ ކަމަށެވެ.އައިޖީއެމް ހޮސްޕިޓަލުން ބުނީ މީގެ ކުރިން ރާއްޖެއިން ދެވެން ނެތް ސްޕެޝަލިޓީ ހިދުމަތްތައްވެސް މިހާރު ފޯރުކޮށްދެމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް