ކެމްޕޭނަށް ދައުލަތުގެ ވަސީލަތްތައް ދަނީ ބޭނުން ކުރަމުން: އިދިކޮޅު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް މި ސަރުކާރުން ކެމްޕޭން ކުރުމުގެ ގޮތުން ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުން ކުރަމުންދާ ކަމަށް އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ކޯލިޝަނުން ތުހުމަތު ...

11 Jan 2020 | 09:40

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް މި ސަރުކާރުން ކެމްޕޭން ކުރުމުގެ ގޮތުން ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުން ކުރަމުންދާ ކަމަށް އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ކޯލިޝަނުން ތުހުމަތު ކޮށްފި އެވެ.

އިދިކޮޅު ކޯލިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް މިސަރުކާރުން ރައްޔިތުންނަށް އަނެއްކާ ވެސް ގިނަ ހުވަފެންތަކެއް ދެއްކުމަށް ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.

ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ ބައެއް ދަތުރުފުޅުތަކުގައި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.

މީގެ ކުރިން ވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ދަތުރުފުޅުތަކަކާ ގުޅިގެން ދައުލަތުގެ ބައެއް ވަސީލަތްތަކާއި ރިޔާސީ ލޯންޗުކޮޅު ބޭނުން ކުރެއްވި ކަމުގެ ތުހުމަތު ކުރި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް