މިދިޔަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ 16.8 ބިލިއަނަށް!

މިިދިޔަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ 16.79 ބިލިއަން ރުފިޔާއަށް އަރާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މިއީ މިދިޔަ އަހަރު ލިބޭނެ ކަމަށް އަ...

11 Jan 2020 | 09:18

މިިދިޔަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ 16.79 ބިލިއަން ރުފިޔާއަށް އަރާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިއީ މިދިޔަ އަހަރު ލިބޭނެ ކަމަށް އަންދާޒާކުރި ވަރަށްވުރެ 2.5 ޕަސެންޓް އިތުރު ވުމެކެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2018 ވަނަ އަހަރު ދައުލަތަށް ލިބުނީ 16.35 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 16.79 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައި ވުމުން 2018 ވަނަ އަހަރާ އަޅާ ބަލާއިރު މިދިޔަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ ގާތްގަނޑަކަށް 440 މިލިއަން ރުފިޔާ އިތުރެވެ.

މިދިޔަ އަހަރު އަހަރު މީރާއަށް ބަލައިގަތް ޖުމުލަ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އިންނެވެ.

މިދިޔަ އަހަރު ދައުލަތަށް ޓެކްސް އާމްދަނީގެ ގޮތުގައި 12.97 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް