އެމެރިކާގެ ފޮރިން ސަރވިސް ނެޝަނަލް އެވޯޑު ޝައުފާއަށް

އެމެރިކާގެ ފޮރިން ސަރވިސް ނެޝަނަލް އެވޯޑު ރާއްޖޭގެ ޝައުފާ ސައީދަށް ލިބިއްޖެއެވެ. ޝައުފާއަކީ ސްރީލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީގައި މަސައްކަތް ކުރާ މުވައްޒަފެކެވެ. އެމެރިކާ ސަރުކާރާއި ސައުތު އަދ...

11 Jan 2020 | 08:25

އެމެރިކާގެ ފޮރިން ސަރވިސް ނެޝަނަލް އެވޯޑު ރާއްޖޭގެ ޝައުފާ ސައީދަށް ލިބިއްޖެއެވެ.

ޝައުފާއަކީ ސްރީލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީގައި މަސައްކަތް ކުރާ މުވައްޒަފެކެވެ.

އެމެރިކާ ސަރުކާރާއި ސައުތު އަދި ބިއުރޯ އޮފް ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއަރސް (އެސްސީއޭ) އިން ދޭ އެވޯޑު ޝައުފާގެ އިތުރުން ހަ މީހަކަށް ލިބިފައިވެއެވެ.

އެސްސީއޭ އިން ބުނީ ޝައުފާގެ މޮޅު ރިޕޯޓު ކުރުންތަކާއި ބަހުގެ ހުނަރުގެ ސަބަބުން ރާއްޖެއާއި އެމެރިކާއާ ދެމެދު އޮންނަ ގުޅުން ވަރުގަދަވެފައިވާ ކަމަށާއި މި އެވޯޑާއެކު ޝައުފާގެ މަސައްކަތްތައް ބަލައިގެންފައިވާ ކަމަށެވެ.

މީގެ އިތުރުން ޝައުފާ އެ ޓީމުގައި ހިމެނޭތީ އުފާ ކުރާ ކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް