ދޮޅުމަސް ވީ އިރު ކޯޓުން ބެއިލްއާމެދު ގޮތެއް ނުނިންމުމަކީ ކޮންކަހަލަ ހަމައެއްތޯ؟ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސުވާލު ކުރައްވައިފިއެވެ.
މި ސުވާލު ކުރައްވާފައިވަނީ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް އުޅުއްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މެދުވެރިކޮށެވެ.
ރައީސް ޔާމީންގެ މެސެޖެއް ކަމުގައި ވިދާޅުވެ ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ތަފާތުކުރުމެއް ނެތި އެ މަނިކުފާނަށްވެސް ބެއިލްގެ ފުރުޞަތު ލިބުމަކީ އިންސާފުގެ ހަމަ ކަމަށެވެ.
"ދޮޅުމަސް ވީއިރު ކޯޓުން ބެއިލްއާ މެދު ގޮތެއް ނުނިންމުމަކީ ކޮންކަހަލަ ހަމައެއްތޯ؟ ޤާނޫނީ ޙައްޤު ކަށަވަރުކޮށްދީ، ލަސްނުކޮށް އިންސާފް ލިބުމަކީ ޖުޑީޝަރީ އިސްލާޙްވުން" ރައީސް ޔާމީންގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
https://twitter.com/MJameelAhmed/status/1215837376888504323
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ ޖަލަށް ލާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 28ގައެވެ. އެ ދައުވާ އުފުލާފައިވަނީ އެމްއެމްޕީއާރުސީގެ ފައިސާ ވަންތް ކަމަށް ތުހުމަތު ކުރެވޭ، އެސްއޯއެފް އެކައުންޓަކުން، ދެ ޗެކަކުން ރައީސް ޔާމީންގެ ނަމުގައި އޮންނަ އިސްލާމިކް ބޭން އެކައުންޓަށް އެއް މިލިޔަން ޑޮލަރު ޖަމާކޮށް އެ ފައިސާ ލޯންޑަރ ކުރި މައްލައިގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް