މިއަދު އަޅުގަނޑުމެން ތިބޭފުޅުންނަށް ހިއްސާ ކޮށްލަން މިއުޅެނީ މީހުން އަޖައިބު ވާވަރުގެ ރީތި, ބޯ އިސްތަށިގަނޑެއް ލިބިފައިވާ ތުއްތު ކުއްޖެއްގެ ވާހަކައެވެ. ތުއްތު ތުއްތު ޗަންކޯއަކީ އަދި އަހަރެއް ވެސް ނުވާ ކުޑަކުޑަ ކުއްޖެކެވެ. ނަމަވެސް އިންސްޓަގްރާމުގައި މި ތުއްތު ކުއްޖާގެ އެއްލައްކަ ފޮލޯވާސް ތިބެއެވެ.
ތިޔަބޭފުޅުންވެސް އިންސަޓަގްރާމް ފީޑް ބަރާބަރަށް ބަލައި ހަދާނަމަ ތުއްތު ތުއްތު ޗަންކޯގެ ފޮޓޯތައް ފެނުން އެކަށީގެންވެއެވެ. އެ ކުުއްޖާގެ ޖާދުވީ، މީހުން އަޖައިބުވާހާ ރީތި އިސްތަށިގަނޑުގެ ފޮޓޮއެއް ފެނިފައި ހުރުން އެކަށީގެންވެއެވެ.
އަލަށް އުފަންވާ ކުއްޖެއްގެ ބޮލުގައި ރަނގަޅަށް ބޯކޮށް އިސްތަށި ފަޅަން އާއްމުކޮށް ދެތިން މަސްދުވަސް ނެގި ނަމަވެސް ތުއްތު ޗަންކޯ އުފަންވީވެސް، ބޯ ރީތި އިސްތަށިގަނޑަކާއި އެކުގައެވެ. އަދި ޗަންކޯ އުފަންވެގެން ހަތްމަސް ވީތަނާ އެ ތުއްތު ކުއްޖާގެ އަޖައިބެއް ފަދަ ރީތި އިސްތަށިގަނޑުގެ ސަބަބުން އެކުއްޖާ މުޅި ދުނިޔެއަށް މަޝްހޫރު ވިއެވެ.
އިންސްޓަގްރާމުގައި ޗަންކޯގެ އެތައް ހާސް ފޭނުންނެއް ތިބި އިރު، ޗަންކޯ ބޮލުގައި ލާން ބޭނުންކުރާ ޝޭމްޕޫ ވިއްކަން ފަށައިފިނަމަ އެ ގަންނަ ދުނިޔޭގެ ދެބައި ކުޅަ އެއްބައި މީހުން ދާނެ ކަން ޔަގީނެވެ.
ޗަންކޯގެ މަންމަ އިސްޓަގުރާން އެކައުންޓެއް ހުޅުވުމަށް ފަހު އޭނާގެ ތުއްތު ތުއްތު ދަރިފުޅުގެ އަޖައިބެއް ފަދަ ޖާދުވީ އިސްތަށިގަނޑު ފެންނަ ހެން ފޮޓޯ ލުމުން އެ އެކައުންޓް ވަގުތުން އިންސްޓަގުރާމުގައި ވައިރަލް ވެގެން ދިޔައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް