ބަންޑުން ޖަހާލާފައި އޮތް ލަންކާ މަސްބޯޓެއް ރ މަޑުއްވަރީ ބޯޓަކަށް ފެނިފައިވާކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ށ އަތޮޅާއި 73 މޭލު ބޭރުން، ބަންޑުން ޖަހާލާފައި އޮތް ލަންކާގެ މަސް ބޯޓެއް ފެނިފައިވަނީ ރ މަޑުއްވަރީ މަންފާ ނަމަކަށް ކިޔާ ބޯޓަކަށް ކަމަށެވެ.
"އެ ބޯޓުގައި މީހަކު ނެތް، ފެނުނީ ބަންޑުން ޖަހާލާފައި އޮތް ބޯޓު އެކަނި" އާޒިމް ވިދާޅުވި އެވެ.
ބަންޑުން ޖަހާލާފައި އޮއްވާ ފެނުނު ބޯޓު ކަފު ޖަހައިގެން މަންފާ ބޯޓު ރ މަޑުއްވަރީއަށް ދަތުރު ކުރަމުން އަންނައިރު މިކަމުގެ ރިޕޯޓް އެމްއެންޑީއެފަށް ލިބުނީ މެންދުރު 01:15 ހާއިރު ކަމަށާއި އެމްއެންޑީއެފްގެ ނޮދަން އޭރިއާގެ ސިފައިން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމުގައިވެސް އާޒިމް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް