ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން މާލޭގައި ހިންގަމުން އަންނަ އެސްޓީއޯ ސުޕަމާޓުގެ ހިދުމަތް މާދަމައިން ފެށިގެން ކޮންމެ ހުކުރު ދުވަހަކުވެސް ދިނުމަށް އެސްޓީއޯއިން ނިންމައިފި އެވެ.
މި ނިންމުން ނިންމާފައިވާއިރު އެސްޓީއޯއިން ބުނެފައިވަނީ މާދަމަ އިން ފެށިގެން ކޮންމެ ހުކުރު ދުވަހަކު ވެސް ސުޕަމާޓުން އާންމުންނަށް ވިޔަފާރީގެ ހިދުމަތް ލިބިގެންދާނެ ކަމަށާއި ހުކުރު ދުވަހު ސުޕަމާޓް ހުޅުވާފައި ހުންނާނީ ހެނދުނު 8:30 އިން 10:30 އަށެވެ. އަދި ހަވީރު 16:00 އިން ރޭގަނޑު 10 ޖަހަންދެން ކަމަށެވެ.
ހުކުރު ދުވަހު ހިދުމަތް ދިނުން އެސްޓީއޯ ސުޕަމާޓުން މެދުކަނޑާލާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް