ލ.އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ޓްރެފިކް އޮޕަރޭޝަނެއް ފަށައިފި

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުންނާއި މަގުމަތީގައި ދުއްވާ އުޅަނދުތަކަކީ ޤަވައިދާއެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބެލުމުގެ ގޮތުން ލ.އަތޮޅުގައި ޓްރެފިކް އޮަޕަރޭޝަން ފަށައިގެނ...

11 Jan 2018 | 07:08

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުންނާއި މަގުމަތީގައި ދުއްވާ އުޅަނދުތަކަކީ ޤަވައިދާއެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބެލުމުގެ ގޮތުން ލ.އަތޮޅުގައި ޓްރެފިކް އޮަޕަރޭޝަން ފަށައިގެން ކުރިއަށް އެބަދެއެވެ.

ލ.އަތޮޅުގެ ރަށްރަށަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މިއޮޕަރޭޝަނަކީ، ލ.އަތޮޅު ރަށްރަށުގެ މަގުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށާއި، މަގުމަތީގައި ދުއްވާ އުޅަނދުތަކަކީ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ދުއްވާ އުޅަނދުތައްތޯ ބެލުމުގެ ގޮތުން ސިލްސިލާކޮށް ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ. އެގޮތުން މި އޮޕަރޭޝަންގައި އެއްގަމުގައި ދުއްވާ އުޅަނދުތަކުގެ އަހަރީފީއާއި އިންޝިއުރެންސްއާއި ރޯޑްވާދިނަސް ސްޓިކާގެ އިތުރުން އެހެނިހެން ޓްރެފިކް ވައިލޭޝަންތައް ބަލައި ޗެކްކުރަމުންދާނެއެވެ.

މި އޮޕަރޭޝަންތަކުގެ ތެރެއިން މިޖެނުއަރީ މަހުގެ 8 ން 10 އަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކުގެ ތެރެއިން ލ. މާމެންދޫގައި ހިންގި އޮަޕަރޭޝަނުގައި 20 އުޅަނދު ބަލައިފާސްކޮށްފައިވެއެވެ. އަދި ލ.ގަމުގައި ހިންގި އޮޕަރޭޝަނުގައި 95 އުޅަނދެއް ބަލައިފާސްކޮށް ޤަވައިދާ ޚިލާފުވި 9 ފަރާތަކާމެދު ފިޔަވަޅު އަޅާފައިވާއިރު ލ.ފޮނަދޫގައި ހިންގި އޮޕަރޭޝަނުގައި ވަނީ  31 އުޅަނދެއް ބަލައިފާސްކޮށްފައެވެ. މީގެއިތުރުން ލ. އިސްދޫގައި ޓްރެފިކް އޮަޕަރޭޝަން ހިންގާފައިވާއިރު މި އޮޕަރޭޝަނުގައި އެރަށުގައި ދުއްވާ 25 އުޅަނދެއް ބަލައިފާސްކޮށްފައިވެއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މާލެއާއި އަތޮޅު ތަކުގައި ޓްރެފިކް އޮޕަރޭޝަންތައް ދަނީ ހިންގަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް