ބޮޑުކަންނެލީގެ މަސްވެރިންގެ ޝަކުވާތަކަށް ހައްލު ހޯދައިދޭނަން: ރައީސް

ކޯވިޑްގެ ހާލަތުގައި ރާއްޖޭގެ އިގްތިސޯދު ހިފެހެއްޓީ މަސްވެރިން ކަމަށް ރަީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. އެމަނކުފާނު މިހެން ވިދާޅުވީ މަސްވެރިންގެ ދުވަހާއި ގުޅިގެން ބޮޑު ކަންނެލީގެ މަ...

10 Dec 2021 | 18:53

ކޯވިޑްގެ ހާލަތުގައި ރާއްޖޭގެ އިގްތިސޯދު ހިފެހެއްޓީ މަސްވެރިން ކަމަށް ރަީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނކުފާނު މިހެން ވިދާޅުވީ މަސްވެރިންގެ ދުވަހާއި ގުޅިގެން ބޮޑު ކަންނެލީގެ މަސްވެރިން މިއަދު ކުރިއަށްގެންދިޔަ މުޒާހަރާގައި ބައިވެރިވެވަޑައިގެން ވަހަކަފުޅު ދައްކަވަމުންނެވެ. މި މުޒާހަރާއަކީ ބޮޑުކަންނެލި ޔޫނިއަނުން އިންތިޒާމް ކުރި މުޒާހަރާ އެކެވެ.

މި މުޒާހަރާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ބޮޑުކަންނެލީގެ މަސްވެރިންގެ ޝަކުވާތަކަށް ހައްލު ގެނެސްދީ، ބޮޑުކަންނެލި ކިރޭ އަގު އިތުރު ކުރާނެ ކަމަށް ވިދާޅުވި ކަމަށެވެ.

އަދި އިތުރު ގައުމުތަކަށް މަސް ވިއްކޭނެ ގޮތަށް މާކެޓް ފުޅާކުރުމާއި މަހުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އިތުރު 18 އައިސްޕްލާންޓް ގާއިމު ކޮށްދޭނެ ދިނުމުގެ އިތުރުން މާލެ ސަރަހައްދުގައި މަސްވެރިންނަށް ބަނދަރު ކުރެވޭނެ އިންތިޒާމެއް ރާވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަ ކުރަމުންދަނީ ކ. ގާފަރުގައި އެވެ.

އެ ރަށުގައި ކުރިޔަށް ގެންދާ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ގާފަރަށް ވަޑައިގެންފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް