މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ހަތަރު ރަށެއްގައި އައިސްޕްލާންޓް ހުޅުވައިފި

މިއަހަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ހަތަރު ރަށެއްގައި ގާއިމުކޮށްފައިވާ އައިސްޕްލާންޓްތައް ހުޅުވައިފިއެވެ. އައިސްޕްލާންޓްތައް ހުޅުވާފައިވަނީ މަސްވެރިންގެ ކ. ގާފަރު ހިމެނޭހެން ޅ. ފެލިވަރާއި ރ. މ...

10 Dec 2021 | 16:38

މިއަހަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ހަތަރު ރަށެއްގައި ގާއިމުކޮށްފައިވާ އައިސްޕްލާންޓްތައް ހުޅުވައިފިއެވެ. އައިސްޕްލާންޓްތައް ހުޅުވާފައިވަނީ މަސްވެރިންގެ ކ. ގާފަރު ހިމެނޭހެން ޅ. ފެލިވަރާއި ރ. މަޑުއްވަރީ އާއި ހއ. ހޯރަފުށީގައެވެ.

ގާފަރު، މަޑުއްވަރީ އަދި ހޯރަފުށީ ގައި ސަރުކާރުން ޤާއިމް ކޮށްފައިވަނީ 25 ޓަނުގެ އައިސް ޕްލާންޓްތަކެކެވެ.

މަސްވެރިންގެ ދުވަސް ފާހަގަ ކުރަމުން އަންނަ ގާފަރުގައި ގާއިމުކުރި އައިސްޕްލާންޓް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ.

ފެލިވަރުގައި ސަރުކާރުން ގާއިމުކުރި 50 ޓަނުގެ އައިސްޕްލާންޓް ހުޅުވައިދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

މަޑުއްވަރީގައި ގާއިމުކުރި އައިސްޕްލާންޓް ހުޅުވައިދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާއެވެ.

މީގެ އިތުރުން، ހޯރަފުށީގައި އަމިއްލަ ފަރާތެއްގެ އެހީތެރިކަމާއެކު ގާއިމުކުރި 25 ޓަނުގެ އައިސްޕްލާންޓް ހުޅުވައިދެއްވީ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.

ގާފަރު އައިސްޕްލާންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ވާހަކަ ފުޅު ދައްކަވަމުން ފާހަގަ ކުރެއްވި ގޮތުގައި މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ރާއްޖޭގައި ދުވާލަކަށް އުފެއްދެނީ 1،600 ޓަނުގެ އައިސް ކަމަށެވެ.

ނަމަވެސް މި ސަރުކާރުން މިހާތަނަށް އިތުރު 100 ޓަނުގެ އައިސް އުފެއްދޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށާއި މިއަދު ހުޅުވިގެންދާ އައިސްޕްލާންޓްތަކާއެކު އެ އަދަދު 225 ޓަނަށް އިތުރުވެގެންދާނެ ކަމަށް ހުސަައިން ރަޝީދު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް