އެމް.ޑަބްލިޔު .އެސް.ސީ އިން އއ. މަތިވެރީ ގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް އިފްތިތާޙްކޮށްފިއެވެ.
މިމަޝްރޫޢުގެ މަސައްކަތް އިފްތިތާޙް ކޮށްދެއްވާފައިވަނީ، މަތިވެރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއް ގައި، އެމް.ޑަބްލިޔު .އެސް.ސީގެ މެނޭޖިންގް ޑިރެކްޓަރ އަލްފާޟިލް ހަސަން ޝާހު އާއި، މޯލްޑިވްސް ޕޯސްޓް ލިމިޑެޓްގެ ޗެއާމަން އަލްފާޟިލް މުޙައްމަދު އަބްދުالله އާއި، މަތިވެރި ދާއިރާގެ މެންބަރ އަލްފާޟިލް ޙަސަން ޒަރީރު އާއި މަތިވެރި ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު އަސްލަމް އެވެ.
މި ރަސްމިއްޔާތު ގައި ފެން ކުންފުނީގެ މެނޭޖްމަންޓްގެ އިސް ބޭފުުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
އެމް.ޑަބްލިޔު.އެސް.ސީ އިން ވިދާޅުވީ ފެނުގެ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މަތިވެރި އަށް ފޮނުވައި، ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމުގައެވެ.
މި މަޝްރޫޢުގެ ދަށުން މަތިވެރީގައި 6.86 ކިލޯމީޓަރު ގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި، އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި ދެ އާރް.އޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި 3 ތާންގި ބެހެއްޓުން ހިމެނެއެވެ.
މީގެ އިތުރުން، ގޭގޭ ގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެއެވެ.
މީގެ އިތުރުން، މި މަޝްރޫޢުގެ ދަށުން ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ
މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ 38.83 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް