ދިވެހި ފުލުހުންގެ ޚިދުމަތުގެ ހެޑް އޮފް ޕޮލިސް މީޑިއާ ސެންޓަރުގެ މަޤާމަށް ސުޕްރިޓެންޑެންޓް ފާތުމަތު ނަޝްވާ ހަމަޖައްސަވައިފި އެވެ.
ނަޝްވާ އެ މަޤާމަށް ހަމަޖައްސަވާފައި ވަނީ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުއެވެ. ނަޝްވާ ވަނީ ފުލުހުންގެ ޚިދުމަތުގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ނަޝްވާ ފުލުހުންގެ މީޑިއާ ސެންޓަރާއި ހަވާލުވެވަޑައި ގަތުމުގެ ކުރިން ހުންނެވީ އަޕާ ނޯތް ޑިވިޝަންގެ ކޮމާންޑަރު ކަމުގެ މަޤާމް ގައި ކަމަށެވެ.
ނަޝްވާ އެ މަޤާމަށް ހަމަޖައްސަވާފައި ވަނީ ކުރިން އެ މަޤާމުގައި ހުންނެވި ޗީފް އިނިސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރު އެ މަޤާމުން ދުރު ކުރުމަށްފަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް