ރާއްޖެއިން ކޮވިޑް ބައްޔަށް ފަރުވާ ކުރަމުން ދިޔަ އިތުރު މީހަކު ނިޔާވެ، އެ ބަލީގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު 256 އަރައިފިއެވެ.
އެޗްޕީއޭ އިން ވިދާޅުވީ ކޮވިޑް ޖެހިގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީ ގައި ފަރުވާ ދެމުން ގެންދިޔަ 82އ ދިވެހި ފިރިހެނަކު މިއަދު މެންދުރު ނިޔާވެފައިވާ ކަމަށެވެ. އެގޮތުން އެމީހާ ނިޔާވެފައި ވަނީ މިއަދު މެންދުރު ފަހު 2:23 އެހާ ކަންހާ އިރު ކަމަށް އެޗްޕީއޭ އިން ވިދާޅުވެއެވެ.
މިއަދު މަރުވި މީހާ އާއި އެކު މި ބަލީގައި ރާއްޖޭން މަރުވި މީހުންގެ އަދަދު މިހާރު ވަނީ މިވަނީ 256 އަށް އަރާފައެވެ.
އެޗްޕީއޭއިން އެންމެ ފަހުން ނެރުނު ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި މިވަގުތު ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުންދަނީ 1،861 މީހުންނަށް ކަމަށެވެ. އޭގެ ތެރެއިން
ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދަނީ 16 މީހުންނަށެވެ. ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 90،625 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައިވަނީ 92،754 މީހުންނަށެވެ. ކޮވިޑްގައި މަރުވި މީހުންގެ އަދަދު މިއަދު ވަނީ 256 އަށް އަރާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް