މިމަހުން ފެށިގެން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް އުތުރުގެ އަތޮޅުތަކަށް ވާރޭ ވެހޭ މިންވަރު އިތުރުވާނެ ކަމަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ މި މުއްދަތުގައި އާންމުކޮށް އެހެން މަސް މަހު ވާރޭވެހޭ މިންވަރަށް ވުރެ އިތުރަށް ވާރޭވެހޭނެ ކަމަށް ދިރާސާތަކުން ދައްކާ ކަމަށެވެ. އަދި ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ކޮންމެ އަހަރެއްގެ މި ތިން މަހު ވާރޭ ވެހޭ މިންވަރަށް ވުރެ ވާރޭވެހޭ މިންވަރު މަދުވާނެ ކަމަށެވެ.
މިދުވަސްވަރު ފިނިހޫނުމިން އުތުރު އަތޮޅުތަކުގައި އާންމު މިންގަނޑުގައި ހުރިނަމަވެސް މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް އަތޮޅުތަކުގައި، އާންމު މިންގަނޑަށްވުރެ ތަންކޮޅެއް މަތި ވާނެކަމަށްވެސް ލަފާކުރެ އެވެ.
މިއަދުގެ މޫސުމަށް ބަލާއިރު މޫސުން ގޯސްވެ ހއ. އަތޮޅުން އދ. އަތޮޅާއި ދެމެދަށް އޮތީ ވައިޓް އެލާޓު ނެރެފަ އެވެ. މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި މިއަދު ހަވީރު5:30 އާއި ހަމައަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ އެވެ.
މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް