މިއަހަރުގެ މިހާތަނަށް މަސްވެރިންނަށް 979 މިލިއަން ރުފިޔާ ދޫކޮށްފި

މިއަހަރުގެ މިހާތަނަށް މަސްވެރިންނަށް 979 މިލިއަން ރުފިޔާ ދޫކޮށްފި ކަމުގައި ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މި ސަރުކާރާއި ހަވާލުވި އިރު މިފްކޯއިން މަސްވެރިންނަށް ...

10 Dec 2021 | 09:39

މިއަހަރުގެ މިހާތަނަށް މަސްވެރިންނަށް 979 މިލިއަން ރުފިޔާ ދޫކޮށްފި ކަމުގައި ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މި ސަރުކާރާއި ހަވާލުވި އިރު މިފްކޯއިން މަސްވެރިންނަށް ދައްކަން ޖެހޭ ދަރަނީގެ އަދަދު 39.5 މިލިއަން ރުފިޔާ އަށް އަރާކަމަށެވެ. އަދި މިހާރު އެ އަދަދު ވާނީ ދައްކާ ހަލާސް ކޮށްފައި ކަމަށެވެ.

މީގެ އިތުރުން، ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މިއަހަރުގެ މިހާތަނަށް މަސްވެރިންނަށް 979 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށެވެ.

ފާއިތުވި 14 އަހަރުގެ ތެރޭގައި މިފްކޯއަށް އެންމެ ގިނައިން މަސް ކިރުވާފައި ވަނީ މިއަހަރު ކަން ފާހަގަ ކޮށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ ތިން ވަނަ ކުއާޓަރުގެ ނިޔަލަށް މިފްކޯއިން ވަނީ 55،000  މެޓްރިކް ޓަނުގެ މަސް ގަނެފައިވާ ކަމުގައި އެވެ. އަދި ރާއްޖެއިން ބޭރަށް މަސް އެކްސްޕޯޓް ކުރި މިންވަރު ވަނީ 37.9 އިންސައްތަ އިތުރު ވެފައި ކަމުގައި ހާމަކޮށްފައި ވެއެވެ.

މީގެ އިތުރުން، މަސްވެރިން ބާނާ މަސް ފަސޭހަކަމާ އެކު އެ މަސްވެރިން އަތުން ގަނެ ރައްކާ ކުރުމަށްޓަކައި ފެލިވަރުގައި ވަނީ 4,000 މެޓްރިކް ޓަނުގެ އައު ކޯލްޑް ސްޓޯރޭޖެއް ޤާއިމްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް