އޭސީސީ މިނިވަން ކަމަށްވާނީ ނަޝީދުގެ ލީގަލް ޓީމު މެމްބަރުންތަކެއް ތިބުމުން: ސައީދު

އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މިނިވަން ކަމަށް ވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ލީގަލް ޓީމުގެ މެމްބަރުންތަކެއް ތިއްބެވުމުން ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ...

10 Dec 2021 | 06:17

އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މިނިވަން ކަމަށް ވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ލީގަލް ޓީމުގެ މެމްބަރުންތަކެއް ތިއްބެވުމުން ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން އިއްޔެ ވަނީ އޭސީސީގެ ފަސް މެމްބަރުން މަގާމުން ވަކިކުރަން ފާސްކޮށްފަ އެވެ. އެގޮތަށް ނިންމީ ޕާފާމަންސް އޮޑިޓެއް ހެދުމަށް ފަހު އެވެ.

މިކަމާއި ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައި ސައީދު ވިދާޅުވީ އޭސީސީ މިނިވަން ވާނީ ރައީސް ނަޝީދު ނޫނީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ނުވަތަ ނަޝީދުގެ ލީގަލް ޓީމުގެ ދެ މެމްބަރަކު އެތަނުގައި ތިއްބެވުމުން ކަމަށެވެ. އޭރުން ކޮރަޕޝަން ސާފު ގައުމަކަށް ރާއްޖެ ވާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖޭއެސްސީ އާއި ރައްޔިތުންގެ މަޖިލީހުގައި އޮތް ގާތް ތިމާގެ މަވަންތަ ގުޅުމުން އެކަން ވަރަށް ރަނގަޅަށް ސާފުވާނެ ކަމަށް ވިދާޅުވި އެވެ. އިތުރަށް ވިދާޅުވީ އެޖެންޑާ19 މާބޮޑަށްވެސް މި ފަދަ ކަންކަމާއި ހެދި ތަފާތު ކަމަށެވެ.

އޭސީސީގެ މެމްބަރުން ވަކި ކުރަން ނިންމުމުން އިއްޔެ ފާހަގަ ކުރި އެންޓީ ކޮރަޕްޝަން ދުވަހުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ ކޮންމެ ގައުމެއްގައި ވެސް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ މުއައްސަސާތަކުގެ މިނިވަންކަމަކީ ވަރަށް މުހިންމު އެއްޗެއް ކަމަށެވެ. އަދި މިނިވަންކަމާ އެކު މަސައްކަތް ކުރުމުގެ ޖާގަ ލިބެންޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ކޮމިޝަންގެ މެންބަރުންނަކީ ވަގުތީ ބައެއް ކަމަށާއި އެކަމަކު ކޮމިޝަނަކީ ދެމިގެންދާ ތަނަކަށް ވުމުން އެތަން މިނިވަންކޮށް ބޭއްވުމުގެ މުހިންމު ކަމަށް ވިދާޅުވި އެވެ. އޭނާ މެމްބަރި ކަމުގައި ނެތަސް، އަދި އެހެން ބަޔަކު އެ މަގާމަށް މާދަމާ ނެގިޔަސް އޭސީސީއަށް އެކަށީގެންވާ ނަތީޖާ ނެރެވޭނީ މަސައްކަތްކުރާނެ ޖާގައާއި ވަސީލަތްތައް ލިބި އަދި ނިޒާމީ ބަދަލުތަކެއް އައިސްގެން ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް