އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އާ ބަޔަކު ގެނަޔަސް މިނިވަންކަން ނުލިބި ނަތީޖާ ނުނެރެވޭނެ ކަމަށް އެ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެ އެވެ.
ނަތީޖާ ނުނެރެވޭކަމަށް ބުނެ އޭސީސީގެ މެމްބަރުންގެ އޮޑިޓެއް ކުރުމަށް ފަހު ކޮމިޝަނުގެ ފަސް މެމްބަރުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ވަނީ ނިންމާފަ އެވެ.
މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިއްޔެ ފާހަގަ ކުރި ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަހުގެ ރަސްމީ ޖަލްސާގައި ޝިއުނާ ވިދާޅުވީ ކޮންމެ ގައުމެއްގައި ވެސް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ މުއައްސަސާތަކުގެ މިނިވަންކަމަކީ ވަރަށް މުހިންމު އެއްޗެއް ކަމަށެވެ. އަދި މިނިވަންކަމާ އެކު މަސައްކަތް ކުރުމުގެ ޖާގަ ލިބެންޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ކޮމިޝަންގެ މެންބަރުންނަކީ ވަގުތީ ބައެއް ކަމަށާއި އެކަމަކު ކޮމިޝަނަކީ ދެމިގެންދާ ތަނަކަށް ވުމުން އެތަން މިނިވަންކޮށް ބޭއްވުމުގެ މުހިންމު ކަމަށް ވިދާޅުވި އެވެ. އޭނާ މެމްބަރި ކަމުގައި ނެތަސް، އަދި އެހެން ބަޔަކު އެ މަގާމަށް މާދަމާ ނެގިޔަސް އޭސީސީއަށް އެކަށީގެންވާ ނަތީޖާ ނެރެވޭނީ މަސައްކަތްކުރާނެ ޖާގައާއި ވަސީލަތްތައް ލިބި އަދި ނިޒާމީ ބަދަލުތަކެއް އައިސްގެން ކަމަށް ވިދާޅުވި އެވެ.
އޭސީސީގެ ރައީސް ކަމާއި ހަވާލުވެވަޑައިގަތް ފަހުން އަދިވީ ދެ އަހަރާއި ބައިކަން ފާހަގަ ކުރައްވާ ޝިއުނާ ވިދާޅުވީ އޭނާ އަބަދުވެސް އެ މަގާމުގައި މަސަ
އްކަތް ކުރެއްވީ މާދަމާވެސް ވަކިވެދާންޖެހިދާނެ ކަމަށް ބައްލަވައިގެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް