އުނގުޅި ބޭހަކުން ކުރިމަތިފަރާތް ފިހުނު ކުޑަކުއްޖާގެ އާއިލާގެ ކިބައިން ހުޅުމާލެ ހޮސްޕިޓަލުން މާފަށް އެދިއްޖެ

ހުޅުމާލެ ހޮސްޕިޓަލްގައި ހިތާނަކުރި ކުއްޖަކަށް ދިން ބޭހެއްގެ ސަބަބުން އެ ކުއްޖާގެ ކުރިމަތި ފަރާތް ފިހިފައިވާ ކަމުގެ މައްސަލައެއް ފެންމަތިވެފައިވާއިރު މިހާރު އެ ކުއްޖާގެ އާއިލާގެ ކިބައިން މާފަށް އެދިފައ...

10 Dec 2019 | 12:34

ހުޅުމާލެ ހޮސްޕިޓަލްގައި ހިތާނަކުރި ކުއްޖަކަށް ދިން ބޭހެއްގެ ސަބަބުން އެ ކުއްޖާގެ ކުރިމަތި ފަރާތް ފިހިފައިވާ ކަމުގެ މައްސަލައެއް ފެންމަތިވެފައިވާއިރު މިހާރު އެ ކުއްޖާގެ އާއިލާގެ ކިބައިން މާފަށް އެދިފައިވާކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެފިއެވެ.

އެގޮތުން ހުޅުމާލޭ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ މާރިޔާ ސައީދު ވިދާޅުވެފައިވަނީ އެކަމަކީ ހިނގި ކަމެއް ކަމަށާއި އެ ކުއްޖާގެ ހާލު މިހާރު ބަލާފައިވާނެ ކަމަށާއި މާފަށް އެދިފައިވާނެ ކަމަށެވެ.

އަދި އެކަމުގައި ސާމިލުވާ މުވައްޒަފުންގެ ބަޔާން ނަގާފައިވާނެ ކަމަށާއި އެއީ ވެގެންވާނެ ކަމެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.

މިއީ އިއްޔެ ހިނގި ކަމެކެވެ. އެކުއްޖާގެ އާއިލާއިން ބައެއް މީޑިއާތަކަށް މައުލޫމާތުދެމުން ބުނެފައިވާގޮތުގައި މީގެ ތިން ދުވަސްކުރިން ހުޅުމާލޭ ހޮސްޕިޓަލުން ހިތާނު ކުރުމަށްފަހު ގެއަށް ދޫކޮށްލުމުން މާ ގަދައަށް ލޭ އަންނާތީ އަނެއްކާ ހޮސްޕިޓަލަށް ދިޔައީ ކަމަށެވެ.

ހޮސްޕިޓަލުން އެމެޖެންސީއަށް ގެންގޮސް ހިތާނަކުރުމަށްފަހު ޖަހާފައިވާ ބޭސްގަނޑު ދެ ޑޮކްޓަރުން ނައްޓާލީ ހިތާނަކުރާ ޑޮކްޓަރުގެ ލަފައެއް ނެތި ކަމަށް އާއިލާއިން ބައެއް މީޑިއާތަކަށް މައުލޫމާތުދެމުން ބުނެފައިވެއެވެ. އަދި ހިތާނުކޮށްފައިވާ ތަނުގައި އެ ދެ ޑަކުޓަރުން ބޭހެއް އުނގުޅި ކަމަށާއި އަދި އެ ބޭސް އުނގުޅުމާއެކު ފިހިގެން ގޮސް ދަރިފުޅު ވަރަށް ބާރަށް ރޯންފެށުމުން އެ ދެ ޑަކުޓަރުން ނިކުމެގެން ދިޔައީ ކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް