އިދިކޮޅު ކޯލިޝަނުން ޔޫއެން ބިލްޑިންގ ކައިރީ އިހުތިޖާޖުކުރަން ފަށައިފއެވެ.
މި އިހުތިޖާޖަކީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ކުރަމުންދާ އިހުތިޖާޖެކެވެ.
އެމަނިކުފާނު ޖަލަށްލާފައިވަނީ ގއ. ވޮޑަމުއްލާ ކިޔާ ފަޅު ރަށެއް ބަޔަކަށް ދިނުމުގައި ދިވެހި ދަޢުލަތަށް ލިބެންޖެހޭ 1 މިލިއަން ޑޮލަރު، އަމިއްލަފުޅު އެކައުންޓަކަށް ޖަމާކުރެއްވި މައްސަލަ އެމަނިކުފާނު މައްޗަށް ސާބިތުވުމުންނެވެ.
އިހުތިޖާޖުގެ ބައިވެރިން ތިބީ ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ އިނގިރޭސިން ލިޔެފައިވާ ބޯޓުތައް ހިފައިގެންނެވެ.
ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް ވަނީ 5 އަހަރުގެ ޖަލު ހުކުމެއް އިއްވާ، 5 މިލިއަން ޑޮލަރުން ޖޫރިމަނާކޮށް އެފައިސާ ހަމަސްދުވަހުގެ ތެރޭގައި ދެއްކުމަށް ހުކުމްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް