މިއީ އަހަންނަށް ވަގުތަށް ނަމާދު ކުރުމަށް ދަސްކޮށްދިން އަހަރެންގެ އަނބިމީހާގެ ވާހަކައެވެ. އަހަރެންގެ އަނބިމީހާ އަހަރެންނަށް ތޯހާ ސޫރަތުގެ 84 ވަނަ އާޔަތް އަބަދު ހަދާން ކޮށްދެއެވެ.
"އެކަލޭގެފާނު ދެންނެވިއެވެ. އެއުރެން މިއަޅާގެ ފަހަތުން އެބައާދެތެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ ހަޟްރަތަށް އައުމަށް ތިމަން އަޅާ އަވަސްވެގަތީ، އިބަރަސްކަލާނގެ ( މިއަޅާއަށް ) ރުއްސެވުން އިތުރު ވުމަށް ޓަކައެވެ."
އަހަރެން މަސައްކަތުގައި މަސްއޫލުވެ އުޅޭ ހިނދު ބަންގީގެ އަޑު އިވުމުން، އަހަރެން މިސްކިތާއި ހަމައަށް ފޯރުކޮށް ދެނީ މިއާޔަތެވެ. ﷲ ގެ ހަޟްރަތުގައި ބިރުވެތިވެ ނަމާދަށް ދިއުމަށް ހަތަރެއް ޖަހާއިރު ގޮވާއެލާމުން، އަހަރެން ހިއްލާ ދެނީވެސް ހަމަ މިއާޔަތެވެ.
ވާހަކައާއިގެން ކުރިއަށްދާނަމެވެ.
އާދައިގެ ދުވަހެކެވެ. އަހަރެން އެހެން ދުވަސް ދުވަހެކޭވެސް އެއްގޮތައް އަހަރެންގެ އަނބިމީހާއަށް ގުޅުމަށްފަހު ގެއަށް ދާންވާއިރަށް ކާންހަދާފައި ބެހެއްޓުމަށް ހަނދާން ކޮށްދިނީމެވެ. ވަރުބަލި ދުވަހެއްކަމުން އަނބިމީހާ ކުރެން އަހަރެން އެދުނީ މޭބިސްކަދުރު ފަތުން ހަދާ އަހަރެންނަށް ވަރަށްމީރު ކާއެއްޗެއް ހަދާދިނުމަށެވެ. އެއީ ތައްޔާރުކުރަން ވަރަށް ވަގުތު ނަގާ ކެއުމެކެވެ. އެ ކެއުން ހެދުމަތް ފަތްތައް ވަކި ގޮތަކަށް ކޮށަން ޖެހޭތީ އެވެ.
އަހަރެންގެ އަމުރާ އެއްގޮތަށް އަނބިމީހާ އަހަރެންނަށްޓަކައި އެކެއުން ތައްޔާރު ކުރުމުގެ މަސައްކަތުގައި އަވަދި ނެތި އުޅެން ފެށިއެވެ. 4 ވަރަކަށް ފަތް ނުހެދި އޮއްވާ އެއިވެނީ ބަންގީގެ އަޑެވެ. ނަމާދު ކުރުމަށް އަވަސްވެ ގަތުމަށް ގޮވާލާ އަޑެވެ. އަހަރެންގެ އަނބިމީހާ މަސައްކަތް ދޫކޮށް ނަމާދުގެ މާތް އަޅުކަން ކުރުމަށް އަވަސްވެގަތެވެ.
ވަރުބަލި ކަމާއި އެކު އަހަރެން ގެއަށްއައީ މީރުކޮށް ކާލުމުގެ އުންމީދުގައެވެ. ނަމަވެސް އަހަންނަށް ފެނުނީ މުޅިން އެހެން މަންޒެރެކެވެ. އެއްމެ ހަތަރު ފަތް ނުކޮށިގެން ކެއުން ތައްޔާރުނުވެހުއްޓާ އަހަންނަށް ފެނުނެވެ. ރުޅި އިސްކުރެވުނެވެ. ވަރަށް ބާރަށް ސަޖިދާގައި އޮތް އަހަރެންގެ އަނބިމީހާއާ ދިޔާޔަށް ހަޅޭލަވާ ގަތީމެވެ.
"އެ ހަތަރު ފަތް ކޮށާލާފައިވެސް ނަމާދު ކުރެވިދާނެ ނޫންހޭ، އަހަންނަށް ކެވޭނީވެސް އޭރުން ނޫންހޭ" ބުނެ ރުޅި އިސްކުރެވުނެވެ.
މި ބަސްތައް ތަކުރާރު ކުރި ނަމަވެސް އަނބިމީހާގެ ހިލަމެއް ނުވުމުން އަހަރެން އަނބިމީހާގެ ގާތަށް ޖެހި ގުދުވެލީމެވެ.
އިންލާލިއްލާހި ވައިންނާ އިލައިހި ރާޖިއޫން. އަހަރެންގެ އަނބިމީހާ މިދުނިޔެއިން އަލްވަދާއު ކީއެވެ. ސަޖިދާގައިއޮވެ ތަސްބީހަ ކިޔަމުން ނެވެ.
ލޮބުވެތި އަޙުންނާއި އުޙްތުންނޭ! ވިސްނާ ފިކުރު ކުރާށެވެ. އަހަރެން އަނބިމީހާ ނަމާދު އެންމެ ހިނދު ކޮޅަކަށް ލަސްކޮށްލިނަމަ، މަރުވެދާނީ ބަދިގޭގައެވެ. އެހެންނަމަވެސް ނަމާދުގެ ވަގުތައް އަދާ ކުރުމުން މިދުނިޔާ އަލްވަދާއު އެކީ ނަމާދުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް ސުޖޫދުގައި އޮއްވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް