އެމްޓީސީސީ އިން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ކަށަވަރު ޕްރޮމޯ މިއަދު ފަށައިފިއެވެ.
މިއަހަރުގެ ޕްރޮމޯ އަންނަ ޖަނަވަރީ މަހުގެ 10 ވަނަ ދުވަހާއި ހަމައަށް ކުރިއަށްގެންދާ އިރު، ހާއްސަ ޑިސްކައުންޓުތައް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން ސުޒުކީ، ޔަންމާ 115 ހޯސްޕަވަރު އިންޖީނު، އިންޑަސްޓްރިއަލް ގޭސް، ސިގްމާ މެރިން ދަވާދު ޔަންމާ އަދި ސުޒުކީ އިންޖީނުގެ ސްޕެއަރ ޕާޓްސްއިން ޑިސްކައުންޓު ދިނުމަށް ވަނީ ނިންމާފައެވެ.
މާލޭ ނޯތް ހާބަރުގައިވެސް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ޕްރޮމޯއަކީ ފައިސާ ދައްކާފައި ތަކެތި ގަންނަ ފަރާތްތަަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.
ކަސްޓަމަރުންނަށް ވީހާވެސް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުން ކަމަށް އެމްޓީސީސީ އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން އެކި އުފެއްދުންތަކުގެ ޕްރޮމޯޝަންތައް ބާއްވާ ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި އެ ކުންފުނީގެ ކަސްޓަމަރުންނާ ބައްދަލުކޮށް ތަފާތު ޓްރެއިނިންގ ޕްރޮގްރާމްތަކާއި މަޢުލޫމާތު ދިނުމުގެ ސެޝަންތައް އެމްޓީސީސީ އިން އަންނަނީ ބާއްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް