މަންޓާ އެއާ އާއި ޔުނިސެފް ގުޅިގެން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށައިފި

މަންޓާ އެއާ އާއި ޔުނިސެފް ގުޅިގެން އެޕްރެންޓިސްޝިޕް ޕްރޮގްރާމެއްއެއާލައިން ހިންގުމުގެ ދާއިރާގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ މަންޓާ އެއާ އާއި ޔުނިސެފް ގުޅިގެން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕް...

10 Dec 2019 | 08:45

މަންޓާ އެއާ އާއި ޔުނިސެފް ގުޅިގެން އެޕްރެންޓިސްޝިޕް ޕްރޮގްރާމެއްއެއާލައިން ހިންގުމުގެ ދާއިރާގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ މަންޓާ އެއާ އާއި ޔުނިސެފް ގުޅިގެން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ފުރަތަމަ ބުރު އިއްޔެ ފަށައިފިއެވެ.

މިކަމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ބައިވެރިކޮށްފައިވަ ހަ ކުދިންނަށް، މި ޕްރޮގްރާމަށް ހޮވުނު ކަމުގެ ސެޓްފިކެޓާއި ޔުނީފޯމް ހަވާލުކޮށްފައިވެއެވެ. މި ހަ ކުދިންގެ ތެރޭގައި ހިމެނެނީ އަންހެން ތިން ކުދިންނާއި ފިރިހެން ތިން ކުދިންނެވެ.

މި ޕްރޮގްރާމަކީ ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން ތަޖުރިބާއާއި ތަމްރީނު ދެވޭ ދާއިރާތަކުގެ ތެރޭގައި ފްލައިޓާއި ގްރައުންޑް އޮޕަރޭޝަންސްގެ އިތުރުން އެއާކްރާފްޓް އިންޖިނޭރިން، ސޭފްޓީ އަދި ކޮމްޕްލަޔަނަސް، ކޮމާޝަލް އަދި މާކެޓިން ހިމެނެއެވެ. މި ހަ ކުދިން ތަމްރީނު  ވެގެންދާނީ މަންޓާ އެއާގެ ފަންނީ މުވައްޒަފުންގެ ބެލުމުގެ ދަށުން ކަމަށާއި އެ ކުދިންނަށް އެ ދާއިރާތަކުގައި އަމަލީ ގޮތުން މަސައްކަތް ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް މަންޓާ އެއާއިން ބުނެއެވެ.

މި ފެށުމާއެކު މަންޓާ އެއާގެ ސީއޯއޯ އެޑްވާޑް އެލްސްފޯޑް ވިދާޅުވީ މުޖުތަމައުގައި ޒުވާނުން ބިނާކުރުމުގައި އެހީތެރިވެވުމަކީ މަންޓާއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މަންޓާއިން މައުލޫމާތުދޭގޮތުގައި އެޕްރެންޓިސްޝިޕް މި ޕްރޮގްރާމަކީ މަންޓާ އެއާ އާއި ޔުނިސެފާއި ދެމެދު މިދިޔަ އޯގަސްޓް މަހުގެ ތެރޭގައި ސޮއި ކުރެވުނު އެއްބަސްވުމެއްގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އެޕްރެންޓިސްޝިޕް މި ޕްރޮގްރާމްގެ ތެރެއިން އެ އެއާލައިންގެ އިން ފްލައިޓް މެގަޒިން "ރޭޒް" މެދުވެރިކޮށް ކުޑަކުދިންނާއި ޒުވާނުންގެ ހައްގުތަކަށް ހޭލުންތެރި ކުރުމަށްވެސް މަސައްކަތް ކުރާނެ ކަމަށާއި ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަހާއި ޒުވާނުންގެ ދުވަސް މި ދެ ފަރާތް ގުޅިގެން ފާހަގަކުރުމަށް ނިންމާފައިވާކަމަށްވެސް މަންޓާއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް