ގަދަ ފިނިން ދަރިފުޅު ސަލާމަތްކުރަން ވި ގުރުބާނީގައި ބައްޕައަކު މަރު

މިއީ މީގެ ދެ ރެއެއް ވަރު ކުރިން ތައިލެންޑްގައި ހިނގާ ދިޔަ ކަމެކެވެ. މި ހާދިސާ ހިނގާފައިވަނީ ތައިލެންޑްގެ އިރު އުތުރުގައި އޮންނަ ބުންގ ކަން ޕްރޮވިންސްގައެވެ. އެ ސަރަހައްދުގެ ފިނިހޫނުމިން މި ދުވަސްވަރު ...

10 Dec 2019 | 01:12

މިއީ މީގެ ދެ ރެއެއް ވަރު ކުރިން ތައިލެންޑްގައި ހިނގާ ދިޔަ ކަމެކެވެ. މި ހާދިސާ ހިނގާފައިވަނީ ތައިލެންޑްގެ އިރު އުތުރުގައި އޮންނަ ބުންގ ކަން ޕްރޮވިންސްގައެވެ.

އެ ސަރަހައްދުގެ ފިނިހޫނުމިން މި ދުވަސްވަރު ރޭގަނޑުގެ ވަގުތަކުގައި 9 ޑިގްރީ ސެލްސިއަސް އަށް ދަށްވެއެވެ.

އުމުރުން 38 އަހަރުގެ ޕްރަސާރން ހޮމްތޮންގް ނަމަކަށް ކިޔާ މީހަކު ދިރިއުޅެމުންދިޔައީ އޭނާގެ އަންހެން އެއް ދަރިއަކާއެކު ވަކިން ގެއެއްގައެވެ. އުމުރުން އަށް އަހަރުގެ އެ ދަރީގެ ނަމަކީ ޕަންވީރާ ނޮއިފާ އެވެ.

އެ ގެއަކީ އަދި ކޮންސްޓްރަކްޝަން މަސައްކަތް އެއްކޮށް ނުނިމޭ ގެއެއް ކަމުން އެ ގެއަކު ކުޑަ ދޮރެއް ބޮޑު ދޮރެއް އަދި ނެތެވެ. ކައިވެނި ރޫޅި ދެ ދަރިން ގޮވައިގެން ވަކިން އުޅެމުންދިޔަ ޕްރަސާންގެ ދޮށީ އަންހެން ދަރި އެރޭ ގެއަކު ނެތެވެ. ގޭގައި ތިބީ އަށް އަހަރުގެ އަންހެން ދަރިފުޅާއި ޕްރަސާރން އެކަންޏެވެ.

އެގޭގައި ހަ ރަޖާ އޮތް އިރު ގަދަފިނިން ސަލާމަތް ވުމަށް އަންހެން ދަރިފުޅު އެރޭ ބޭނުންކުރިކަމަށްވަނީ އޭގެން ތިން ރަޖައެވެ. އަދި ޕްރަސާރންވެސް ފުރަތަމަ ބޭނުންކުރި ކަމަށްވަނީ ތިން ރަޖައެވެ.

ނަމަވެސް ރޭގަނޑު އިރާކޮޅު ކުޑަ އަންހެން ދަރިފުޅު މާބޮޑަށް ހީކަރުވާތީ އުޅޭތީ ޕްރަސާރން އޭނާ ބޭންކުރި ތިން ރަޖާވެސް ކުޑަ އަންހެން ކުއްޖާގެ ގައިމަތީގައި އަޅާފައި އޭނާ ނިކުމެ ނިދީ ސިޓިން ރޫމުން މެޓެއްގެ މަތީގައެވެ.

ކުޑަ އަންހެން ދަރިފުޅަށް ދަންވަރު ހޭލެވިގެން ބެލި އިރު ބައްޕަ ތުރުތުރު އަޅާތީ ކުޑަ އަންހެން ދަރިފުޅު އެ ބައްޕަގެ ގައިގާ ތިން ރަޖާ އަޅާފައި އަނެއްކާވެސް ނިދީއެވެ.

ނަމަވެސް ހެނދުނު ހޭލައި ބައްޕައަށް ގޮވާ ގޮވާ ހަބަރެއް ނުވުމުން އަވަށްޓެރިން އައިސް ބެލި އިރު އެ ބައްޕަ އޮތީ މަރުވެފައެވެ.

ޑަކުޓަރުން ބުނެފައިވަނީ ޕްރަސާރން މަރުވީ ފިންޏަށް ކެތް ނުކުރެވިގެން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް