ހުޅުމާލޭ ޖެޓީގައި އޮތް ލޭންޑިން ކްރާފްޓެއް ދިޔަވާތީ ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ސިފައިން ބުނެފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން މިރޭ 2:50 ހާއިރު އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ ހުޅުމާލޭ ޖެޓީގައި މުދާ ބަރުކުރަމުންދިޔަ "އަމީން ކެރިއަރ 2" ނަމަކަށް ކިޔާ ލޭންޑިން ކްރާފްޓެއް އަރި އަޅާލައިގެން ދިޔަވާތީ އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފްގެ މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަނަށް ލިބިފައިވަނީ މިރޭ 12:32 ގައި ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް