ފިރިހެނަކަށް ޖިންސީ ގޯނާކުރަން އުޅެ މާރާމާރީ ހިންގި ފުލުހަކު ހައްޔަރުކުރުމުން ކޯޓުން ދޫކޮށްލައިފި

ފިރިހެނަކަށް ޖިންސީ ގޯނާ ކުރަން އުޅެ އެކަމުގެ ތެރޭގައި މާރާމާރީ ހިންގި ކަމުގެ ތުހުމަތަށް ހައްޔަރުކުރި ފުލުހަކު ކޯޓުން ދޫކޮށްލައިފިއެވެ. ފުލުހުން ބުނެފައިވާގޮތުގައި 18 އަހަރުގެ ފިރިހެނަކަށް ޖިންސީގޯނާކ...

09 Dec 2019 | 23:33

ފިރިހެނަކަށް ޖިންސީ ގޯނާ ކުރަން އުޅެ އެކަމުގެ ތެރޭގައި މާރާމާރީ ހިންގި ކަމުގެ ތުހުމަތަށް ހައްޔަރުކުރި ފުލުހަކު ކޯޓުން ދޫކޮށްލައިފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި 18 އަހަރުގެ ފިރިހެނަކަށް ޖިންސީގޯނާކުރަން އުޅެ މާރާމާރީ ހިންގަ ކަމުގެ މައްސަލައެއް އާދީއްތަ ދުވަހު ހުށަހެޅުމުން 42 އަހަރުގެ ފިރިހެނަކު ހައްޔަރުކުރިއެވެ. އެއީ ފުލުހެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

"މުއްދަތު ޖަހަން ކޯޓަށް ގެންދިއުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާއަށް ޝަރުތުކޮށް ބަންދުން ދޫކޮށްލާފައި" ފުލުހުން ބުނެފައިވެއެވެ.

މައްސަލައިގެ ޖިނާއީ ދައުވާ ދަނީ ކުރަމުން ކަމަށާއި ޑިސިޕްލިނަރީ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަޑްސް ކޮމާންޑުން ދަނީ ތަހުގީގު ކުރަމުން ކަމަށާއި ފުލުހުންގެ އެމީހާ މިހާރު ވަނީ ސަސްޕެންޑް ކޮށްފައި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް