ޤުރުއާން ހިތުދަސްކުރި 16 ފަރާތަކަށް ހާފިޒުކަމުގެ ސަނަދު ދީފި

ކީރިތު ޤުރުއާން ހިތުދަސްކުރި 16 ފަރާތަކަށް މިރޭ ހާފިޒު ކަމުގެ ސަނަދު ދީފިއެވެ. އެ ފަރާތްތަކަށް ސަނަދު ދީފައިވަނީ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ރަސްމީ ޖަލްސާގައެވެ. ކީރިތި ޤުރުއާން ...

10 Nov 2019 | 18:07

ކީރިތު ޤުރުއާން ހިތުދަސްކުރި 16 ފަރާތަކަށް މިރޭ ހާފިޒު ކަމުގެ ސަނަދު ދީފިއެވެ. އެ ފަރާތްތަކަށް ސަނަދު ދީފައިވަނީ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ބޭއްވި ރަސްމީ ޖަލްސާގައެވެ.

ކީރިތި ޤުރުއާން ހިތުދަސްކޮށްގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑަލާއި ހަނދާނީ ލިޔުމާއެކު ހާފިޒު ކަމުގެ ސަނަދު މިރޭ ލިބިގެން ދިޔަ ފަރާތްތަކަކީ :

ހާފިޒުކަމުގެ ސަނަދު ލިބުނު ފަރާތްތައް:

01 އާސިޔަތު އާދަމް، ފެހިގެ/ ގއ. މާމެންދޫ

02 ހަސަން އާހިލް، އިރުދޭމާގެ/ ތ. ގުރައިދޫ

03 ޒޫނާ އިސްމާއިލް، ގަސްކަރަ/ ކ. ގުޅި

04 އަބްދުﷲ އަލްޔަސައަ ބިން ޒަމްޒަމް، މއ. ރިހިރާޅު

05 ސިބްއަތުﷲ އަހުމަދު، ރަޝީދާ މަންޒިލް/ ފ. ނިލަންދޫ

06 މުހައްމަދު ރަފާހު އަހުމަދު، މ. ބަބުކެޔޮގަސްދޮށުގެ

07 މާޒިނާ އަބްދުއްރަހީމް، ކިނާރާ/ ނ. ލަންދޫ

08 މަރިޔަމް މިކްޔާސް ސަލްމާން، އަޅިފަށުވިގެ/ ގއ. ގެމަނަފުށި

09 އަހުމަދު ނާޒިލް މުހައްމަދު، ހުވަނދުމާގެ/ ޅ. ނައިފަރު

10 އުރްޖުވާން މުހައްމަދު، މ. މެޑެލްމާގެ

11 މުހައްމަދު ޒާއިން އަޝްރަފު، އާބަހާރުގެ/ ކ. ކާށިދޫ

12 މާއިޝާ އަބްދުއްރަހީމް، ކިނާރާ/ ނ. ލަންދޫ

13 ފާތިމަތު ޝާޔާ ޒާހިރު، މއ. އަސާސް

14 ފާތިމަތު ޝުއާއު ޝާހު، ދަފްތަރު ނަންބަރު 1519

15 މަރިޔަމް ހުސެއިން، ޝެމްރޮކް/ ސ. ހިތަދޫ

16 މޫސާ މާއިޝް މާޖިދު، މ. ޝޭޑީރެސްޓް ދެކުނުބައި

ހާފިޒު ކަމުގެ ސަނަދު މިރޭ ލިބިގެންދިޔަ ފަރާތްތަކުގެ ތެރެއިން އެންމެ އުމުރުން ހަގު ފަރާތަކީ ފާތިމަތު ޝާޔާ ޒާހިރެވެ. އޭނާ ކީރިތު ޤުރުއާން ހިތުދަސްކުރީ އުމުރުން އެންމެ ނުވަ އަހަރުގައެވެ. މީގެ އިތުރުން އުމުރުން އެންމެ 10 އަހަރުގައި ކީރިތި ޤުރުއާން ހިތުދަސް ކޮށްގެން އަބްދުﷲ އަލްޔަސައު ބިން ޒަމްޒަމް މިރޭ ހާފިޒު ކަމުގެ ސަނަދު ހާސިލުކޮށްފައިވާއިރު އުރްޖުވާން މުހައްމަދު، ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވަނީ އުމުރުން އެންމެ 11 އަހަރުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް